އަމިއްލަ ދަރިންގެ ޙާލުބަލަން، އެކުދިން އުފާކޮށްދޭންނަމަވެސް އެކުދިންގެ ގާތަށް ދާން އެއްވެސް މީހެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ! އެކަން ނުކޮށް ތިބެ ޢުޛްރު ނުދެއްކޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އަމިއްލަ ދަރިންގެ ޙާލުބަލަން، އެކުދިން އުފާކޮށްދޭންނަމަވެސް އެކުދިންގެ ގާތަށް ދާން އެއްވެސް މީހެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ! އެކަން ނުކޮށް ތިބެ ޢުޛްރު ނުދެއްކޭނެ!

އަމިއްލަ ދަރިންގެ ޙާލުބަލަން އަދި އެކުދިން އުފާކޮށްދޭންނަމަވެސް އެކުދިންގެ ގާތަށް ދާން ބައިވެރިޔާގެވެސް ލޯބިވެރިޔާގެވެސް އަދި އެއްވެސް މީހެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. ދެމަފިރިން ވަކިވެ ދުރުގައި ތިބިނަމަވެސް ދަރިންގެ ކަންކަން ވީހާރަނގަޅަކަށް ބެލެހެއްޓުމަކީ ބައްޕައިންގެ މައްޗަށް ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަމަކަށްވާތީއެވެ. 

ހަމައެއާއިއެކު ދަރިންގެ ޙާލު ބަލައި ވެވުނު އެންމެ ރަނގަޅަކަށް އެހީތެރިނުވާ ބައްޕައިންނަށް ޤިޔާމަތް ދުވަހު ދެއްކޭނެ އެއްވެސް ޢުޛުރެއް، ބަހަނާއެއް ނުއޮންނާނެއެވެ. 

ދަރިންގެ ޙާލު ނުބަލައި އަޅާނުލައި މިއަދު ތިބެވިދާނެއެވެ. އެކަމަށް ﷲ ތަޢާލާ ވަނީ އިޚްތިޔާރު ދެއްވަވައިފައެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެކަމަށް ކުރިމަތިލާން ނުޖެހިއެއް ނުދާނެއެވެ. ވަޤުތު ހޯދައިގެން ނަމަވެސް ދަރިންގެ ޙާލު ނުބަލައި، ލިބޭ މިންވަރަކުން އެހީތެރިނުވެ ތިބޭ މީހުންގެ ކިބައިން އެކަންކަމުގެ ބަދަލު ހިއްޕަވާނެތެވެ. އެއީ ލުއިކަމަކަށްވާނެ ކަމަށް ހީކުރަންވެސް ހެޔޮނުވާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއީ އަޅުގަނޑުމެންގެ މެދުގައި ވަރަށް ބޮޑު މައްސަލައަކަށްވެފައި އޮންނަކަމެކެވެ. އެކަން މައްސަލައަކަށްވަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ދަރިންގެ ގާތަށް ދިއުމުގެ ނަމުގައި ގޮސް އެހެން ކަންތައްތަކެއްވެސް ބައެއް މީހުންނަށް ކުރެވޭތީއެވެ. ބައެއް އަނބިން ވަރިވުމަށްފަހު ދަރިފުޅަކީ ހަތިޔާރަކަށް ހަދައި ދަރިފުޅުގެ ބައްޕައަށް އެކި ގޮތްގޮތުން އުނދަގޫތައްވެސް ކުރިމަތިކުރުވައެވެ. 

މިދެ ކަމަކީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަމައެއާއިއެކު ލޯބީގެ ގޮތުން ގުޅިގެން އުޅުނަސް ކައިވެނިކޮށްގެން އުޅުނަސް އަނބިމީހާގެވެސް ފިރިމީހާގެވެސް ދަރިން ދުރުގައި ތިބިނަމަ އެދެމެދަށް ހުރަސް އަޅައިގެން ނުވާނެއެވެ. އެކަން ކުރާނަމަ އެކަންވާނީ ދަރިންނަށް އަނިޔާވެރިވުން ކަމަށެވެ. އެހެންކަމާއިއެކުވެސް އެފަދަ ބައްދަލުވުންތައް ވާންޖެހޭނީ ހަމައެކަނި ދަރިންނަށްޓަކައި ވެވޭ ބައްދަލުވުމަކަށެވެ. އެއިގެ ތެރެއަށް އިތުރު ކަންކަން ވައްދައި ގަޑުބަޑުކޮށްގެން ނުވާނެއެވެ. 

ދަރިންގެ ޙާލު ނުބަލާ ބައްޕައިން ގިނަ ނަމަވެސް ވަރިކޮށް ދެގޭގައި ދިރިއުޅެމުންވެސް ދަރިން ސްކޫލަށް ގެންގޮސް ގެނެސްދީ އަދި ބަލިވެއްޖެނަމަ ޑޮކްޓަރަށް ގެންގޮސްދީ، އަދި ވީވަރަކުން ދަރިންނަށް އުފާކޮށްދޭން އެކުދިން ގޮވައިގެން ބުރުޖަހަން ގޮސްއުޅޭ ބައްޕައިންވެސް އެބަތިއްބެވެ. މަދީއެވެ. ނިޞްބަތުން އެހައި މުދުވީމާ އެމީހުންގެ ވާހަކަ ދައްކާ މީހުން މަދުވަނީއެވެ.

މިއަދު އޮންލައިން