ދީނީ ޢިލްމު އުނގެނެން ހަމަ ދީނީ ދަރުސްތައް އަޑުއެހުމާއި ދީނީ ފޮތްތައް ކިއުމާއި، ޢިލްމުވެރިންނާ ސުވާކު ކުރުމާއި މީ އެންމެ ރަނގަޅު ގޮތަކީ. ދަރުސްތައް އަޑުއެހުމާއި ދީނީ ދަރުސްތަކަށް ހާޒިރުވުމާއި އެ ކަންތައްތަކުން ދީނީ ޢިލްމު ލިބޭނީ ކޮންމެ ގޮތެއްވިޔަސް. ﷲ ގެ ނަބިއްޔާގެ ޒަމާނުގަ އަޞްޙާބު ބޭކަލުންނަށް ޢިލްމު ލިބިވަޑައިގެންފަ ހުރީ ހަމަ ދީނީ މަޖްލިސްތަކަށް ހާޒިރުވެގެން.
މިސްކިތްތަކުގަ އޭރުގަ މަސްޖިދުއްނަބަވީގަ އޭރުގަ ދަރުސްތައް ބޭއްވޭނީ. ﷲ ގެ ނަބިއްޔާ ދަރުސްތައް ދެއްވާއިރުގައި އެބޭކަލުން އެތަނަށް ހާޒިރުވެ ވަޑައިގެން ޢިލްމު އުނގެނިވަޑައިގަންނަވަނީ. އޭރަކު ދެން މި ޔުނިވަސިޓީތަކެއް ނުހުރޭ. މަދަރުސާތަކެއް ނުހުރޭ. އެހެންވީމާ އެ ދީނީ ޢިލްމު އުނގެނޭކަށް އެއީ އެހާ އުންދަގޫ ކަންތައްތަކެއް ނޫން. އެއީ ހަޤީގަތުގައި މަސެއްކަތް ކުރީމާ އެ ޢިލްމު ﷲ ދެއްވާނެ. މަސެއްކަތްކުރީމަ ދެއްވަވާނެ. ކުރީގަ ވެއްޖެއްޔާ ވަކި ތަނަކަށް ދާން މިޖެހެނީ ކިޔަވަން. ވަކި މީހެއް ކައިރިއަށް ދަތުރު ހަދާފަ ދާން މިޖެހެނީ. ބައެއް ޢިލްމުވެރިން އެންމެ ޙަދީޘްއެއް ހޯދުމަށްޓަކައި އެއްމަސްދުވަހުގެ ދިގު ދަތުރު ކުރައްވާފަ އެބަދޭ ޢިލްމުވެރިޔާ ކައިރިއަށް، އެއްމަސްދުވަހުގެ ދިގު ދަތުރު ކުރައްވާފަ. އެހެންމަ އޭރުގަ ވަރަށް ތަކުލީފު އުފުއްލަވާފަ ހުރީ ޢިލްމުވެރިމް އެ ޢިލްމު ހޯއްދުވުމަށްޓަކައި.
އެކަމަކު މި ޒަމާނުގަ ކިހާ ފަސޭހަ؟ މިޒަމާނުގަ ވަރަށް ފަސޭހަ ހުރިހާ ޢިލްމެއް އެބޭކަލުންގެ ހިތްމަތާ މިއްނަތުން އެވަނީ ޖަމާ ކޮށްދެއްވާފަ އަޅުގަނޑުމެންނަށްޓަކާ ފޮތްތަކުގެ ސިފައިގަ އާއި އެކި ގޮތްގޮތަށް! މަސެއްކަތް ކޮށްފިއްޔާ އެނގޭނީ ކޮންމެ ގޮތެއް ވިޔަސް. މަސެއްކަތް ނުކޮށްފިއްޔަކާ ނުލިބޭނެ. މިހާރު ދުނިޔަވީ ކަންތައްތައްވެސް އަޅުގަނޑުމެން ހާސިލް ކުރަން އުޅުނީމަ ވޭތާ ހާސިލް. މިހާރު މި އޮންނަނީ އަރަބި ހަރުބަހުގަވެސް މި އޮންނަނީ -- "ކަމަކަށް މަސެއްކަތް ކޮށްފި މީހާ އެކަން ކާމިޔާބު ވާނޭ، އެ ދުނިޔަވީ ކަމެއް ކަމުގަވިޔަސް." ދެން އަދި ދީނީ ކަންތައްތައް މާ ފަސޭހަވެގެންދާނެ، ﷲ ގެ މަދަދުވެސް ވޭ އެކަމުގަ. އެހެންވީމާ ދީނީޢިލްމު ހާސިލް ކުރުމަށްޓަކާ މީހަކު މަސައްކަތް ކޮށްފިއްޔާ އެކަން ހާސިލްވާނެ ވަރަށް ފަސޭހައިން އަދި އެއީ ވަރަށް މާތްވެސް ކަމެއް އެއީ އެކަމަށްޓަކާ ނިކުތުން، އެކަމަށްޓަކާ މަސެއްކަތް ކުރުން.
- ޝައިޚް މުޙައްމަދު އިބްރާހީމް