އެސްފީނާއިން ސަލާމަތްވެ ތިބުމަށް އަމިއްލައަށް ހޯދެން އޮތް 2 ފަރުވާ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
އެސްފީނާއިން ސަލާމަތްވެ ތިބުމަށް އަމިއްލައަށް ހޯދެން އޮތް 2 ފަރުވާ!: ޑރ. ޔާސިރު ޤާޟީ

ސިޙުރު ޢާންމުވެއްޖެއެވެ. ސިޙުރަށްވުރެ ބޮޑަށް ފެތުރިފައިވަނީ އެސްފީނާގެ ވަބާއެވެ! އެސްފީނާއަށް ފަރުވާ ހޯދަން ޖެހިފައިނުވާ މީހަކު ވަރަށް މަދުކަމަށް ބުނުމަކީ ކުށްބަހަކަށްވާނެ ކަމަކަށް ޤަބޫލެއް ނުކުރެއެވެ. 

އެސްފީނާގެ މައްސަލަތަކާއި ގުޅިގެން ގިނަ ޢަދަދެއްގެ ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އަމިއްލައަށް ހޯދެން އޮތް 2 ފަރުވާއެވެ. 

އެސްފީނާއެވެ ބުނުމުން ބައެއް މީހުން ހިތަށް އަރަނީ އެއީ ލޮލުން މެދުވެރިވާ ކަމެއް ކަމަށެވެ. ނަމަވެސް އެސްފީނާ އުފެދިގެން އަންނަނީ ހިތުގައި އުފެދޭ ޙސަދަވެރިކަމުންނެވެ. އެ ޙަސަދަވެރިކަމުގެ ބޭނުން ހިފައި ކާފިރު ޖިންނީންނަށް އަނެކާގެ ހަށިގަނޑަށް ވަދެ ގެއްލުންތައް ދެނީއެވެ. 

ނަމަވެސް މިއަދު ބައެއް މީހުން އެކަން ޤަބޫލެއް ނުކުރެއެވެ. އެއީ ނެތްކަމެއް ނަމަ އެކަމުން ރައްކަތެރިވުމަށް ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައެއް ނުވާނެއެވެ. 

"ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.

އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ.

އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.

އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: ސިޙްރުހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ.

އަދި ޙަސަދަ ވެރިއަކު ޙަސަދަ ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ."

(އަލްފަލަޤް: 1،2،3،4،5) 

5 ވަނަ އާޔަތުގައި އެވާ ޙަސަދައަކީ އެސްފީނާގެ ވާހަކައެވެ. ފުރަތަމަ އާޔަތާއި ފަހު އާޔަތުން އެނގިގެންދަނީ ޙަސަދަވެރިންގެ ޙަސަދަވެރިކަމުން ރައްކައުތެރިކަން ދެއްވެވުން އެދި ދުޢާކުރަންޖެހޭނެ ކަމެވެ! އެސްފީނާއަކީ ނުވާ އެއްޗެއް ނަމަ މިފަދައިން ވަޙީކުރައްވަވާފައެއް ނުވާނެއެވެ! 

ފަރުވާ: 

1-   އެސްފީނާއިން ސަލާމަތްކަން އެދި އަލްފަލަޤް ސޫރަތް ކިޔަވާށެވެ!

2-   ރަސޫލް () އެކަމަށް ކުރެއްވެވި ދުޢާކަމަށް ޞަޙީޙް ޙަދީޘްފުޅުން ސާބިތުވާ ދުޢާވެސް ކުރަމުން ގެންދާށެވެ! 

اُعِيْذُبِكَلِمَاتِ اللّٰهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لاَمَّةٍ

 

- ޑރ. ޔާސިރް ޤާދީގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން