ކޮންމެވެސް ނުކިޔާ ދޫކޮށް ނުލާތި! ވަރަށް އަގުހުރި 2 ފިލާވަޅު ހިމެނޭ ހާދިސާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކޮންމެވެސް ނުކިޔާ ދޫކޮށް ނުލާތި! ވަރަށް އަގުހުރި 2 ފިލާވަޅު ހިމެނޭ ހާދިސާއެއް!

އެއީ ކާފިރުންނާއި މުސްލިމުން ގޮސްއުޅޭ ޕާކެކެވެ. ނަމާދު ވަޤުތު ޖެހުމުން ޒުވާނަކު އެއް އަރިމައްޗަށް ހުއްޓި ނަމާދުކުރަން ފެށިއެވެ. އެކަމަށް ޙަސަދަވެރިވި ކާފިރު އަންހެނަކު މަޑުމަޑުން ގޮސް އޭނާގެ ފެންފުޅިއަށް އެއްޗެއް އެޅިއެވެ. 

ނަމާދު ނިމި ސަލާމްދީ ދުޢާކުރުމަށްފަހު ފެންފުޅި ނަގައިގެން ފެންބޯން ފުޅީގައި އަނގަޖަހަން އުޅުނު ވަޤުތު ޒުވާން ކުއްޖަކު ދުވެފައި އައިސް އެކަމަށް ހުރަސް އަޅައި ފެންފުޅި އަތުލައި ދުރަށް އެއްލައިލިއެވެ. 

އެކުއްޖާ އެކަން ކުރި ސަބަބު ނުއެނގޭތީ ކުއްޖާދެކެ ރުޅި އައިސް އެއްޗެތި ގޮވަން ފެށުމުން ކުއްޖާގެ ފޯނުން ދައްކައިލީ ވީޑިއޯއެކެވެ. ނަމާދަށް ހުއްޓައި އަންހެނަކު ސިއްރުން އެފެންފުޅިއަށް އެއްޗެއް އެޅިތަނެވެ. 

ކުއްޖާ ބުންޏެވެ. "ފެންބޮވައިގެންފައި ހުއްޓާ ފެންފުޅި ބަންޑުންކޮށްލެވުނީތީ މާފަށް އެދެމެވެ. ނަމަވެސް އަހުރެން މިކުރިކަމަކީ ކަލޭގެ ފުރާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމެވެ." 

އެހެން ބުނުމުން ލިބުނު އުފާވެރިކަން ބޮޑުކަމުން އެކުއްޖާގެ ގައިގައި ލޯބިން އޮޅުލައިގަތެވެ. އަދި އިމެއް ނެތި ކުއްޖާއަށް ޝުކުރު އަދާކުރިއެވެ. ކުއްޖާ ގޮވައިގެން ފުލުހަށްގޮސް ވީޑިއޯ ދައްކައި މައްސަލަ ހުށަހެޅުމުން އޭނާ ހޯދައި ހައްޔަރުކުރިއެވެ. 

މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ބަލާފައިވާ ވީޑިއޯ ކްލިޕެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮސްލި އެއް ބޭނުމަކީ ކޮންމެ ކަމެއްގައި ކޮންމެ ތަނެއްގައި އުޅުނަސް ވަޤުތު ޖެހުމުން ނަމާދުކޮށް ދުޢާކުރުމުގެ ހުރި ފައިދާ އަންގާލަދިނުމެވެ. އަނެއް ބޭނުމަކީ ކަމެއް ކުރިމަތިވާއިރަށް ޙަޤީޤަތް ނުބަލައި ރުޅި އިސްނުކުރުމުގެ މުހިންމުކަން ފާހަގަކުރުމެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އޭނާއަށް އެ ރުޅި އާދެވުނީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމުންނެވެ. ކޮން ފަދަ ބޮޑު ލަދުވެތިކަމެއްތޯއެވެ؟

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން