އާދެ، ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ -- "ފަހު ޒަމާނުގަ ޢީމާންކަން މަދީނާއަށް ދެމިގެންދާނެއޭ ހަރުފަ އޭގެ ހޮރަށް ދެމިގަންނަ ފަދައިން. ހަރުފަ އޭގެ ހޮރަށް ދެމިގަންނަ ފަދައިން ފަހު ޒަމާނުގަ ޢީމާންކަން މަދީނާއަށް ދެމިގެންދާނެއެވެ. މަދީނާއިން ޢީމާންކަން ފެށުނީ. އެހެންމަ އެތަނަށް ރުޖޫޢަވެސް ވާނީ އީމާންކަން.
މާނައަކީ އެންމެ ޞައްޙަ ގޮތުގައި ދީނީ މަޢުލޫމާތުތަކާ ހުރިހާ އެއްޗެއް އެންމެ ފަހު ޒަމާނުގަ ލިބިގެން ދަނީ މަދީނާއިންނެވެ. އަޅުގަނޑުމެންނަށް އެކަމުގެ ޙަޤީޤަތް އެނގެންތާ މިއޮތީ. މިއަދުވެސް ދުނިޔޭގައި، މުޅި ދުނިޔެއަށް ބަލާއިރުވެސް ހުރިހާ ޤައުމެއްގަ ޞައްޚ އަޤީދާއާއި ޞައްޚަ ފިޤުހު މައުލޫމާތުތައް މީސްތަކުންނަށް ފޯރުކޮށްދޭން އެތިބެނީ ހަމަ މަދީނާއިން ކިޔަވާފައި ތިބި މީހުންނެއް ނޫންތަ؟ މަދީނާއިން ކިޔަވާފަ ތިބޭ މީހުން، އެހެންނު.
މުޅި ދުނިޔޭގަ ހުރިހާ ޤައުމަކަށް އަޅުގަނޑުމެން ބަލައިލި ކަމުގައިވިޔަސް ހަމަ މަދީނާއިން ކިޔަވާފަ ތިބި މީހުން ހަމަ ގިނައީ މީސްތަކުންނަށް ދީން ފޯރުކޮށްދޭން ޞައްޚަ ގޮތުގައި. ތަންތަނުގަ އެބަތިބި ދީން ކިޔަވައިގެން އައިސް ތިބި މީހުން. އެކަމަކު ގަޑުބަޑު، އެގޮތް މިގޮތަށް މި އަންނަނީ ދީނުގެ މައުލޫމާތު. އެކަމު އެންމެ ޞައްޚަ ގޮތުގަ ޢަޤީދާއާއި ފިޤުހުތައް މި އަންނަނީ ހަމަ މަދީނާއިން ކިޔަވާފަތިބި ޢިލްމުވެރިންގެ ފަރާތުން.
އަޅުގަނޑުމެން ދިވެހިރާއްޖެއަށް ބެލި ކަމުގައި ވިއަސް، ދިވެހިރާއްޖެވެސް މި ސުންނަތުގެ މައްސަލަތަކާ މި މައުލޫމާތުތައް ފުރަތަމަ އައީ ކޮންބައެއްގެ ފަރާތުން. ހަމަ މަދީނާއިން ކިޔަވައިގެން އައިމީހުންގެ ފަރާތަކުން ނޫންތަ؟ މަދީނާއިން ކިޔަވައިގެން އައި މީހުންގެ ފަރާތުން. އެއީ މާނައަކީ އެ ޙަދީޘްގެ. މަދީނާއަށް ޢީމާންކަން ދެމިގެން ދާނެއެވެ. އޭގެ މާނައެއް ނޫން އެއީކީ މަދީނާގަ ނުބައި މީހުން ނޫޅޭނެއެކޭ. މަދީނާގަ ނުބައި މީހުންވެސް އުޅޭނެ. އެންމެ ޢީމާންތެރި ޒަމާނުގަވެސް ހަމަ އެންމެ ނުބައިމީހުންވެސް މަދީނާގަ އުޅެފަތާ އެހެރީ. މުނާފިޤުންގެ ލީޑަރު ޢަބްދުﷲ ބުން ޤައްޔޫނު ސަލޫނު، އޭނާވެސް އުޅެފަ އެހެރީ މަދީނާގަ. އެހެންމަ އެއީ ނަރަކައިގެ އެންމެ އަޑިގަ ތިބިމީހުން އެއީ. އެހެންވީމާ އެ ނުބައި މީހުންވެސް އުޅޭނެ. އެކަމަކު މާނައަކީ އެންމެ ޞައްޙަ ދީން ޙާޞިލް ކުރެވިގެންދާނީ ފަހު ޒަމާނުގަ މަދީނާއިންނެވެ، ޞައްޙަ ގޮތުގަ ދީން ޙާސިލް ކުރެވޭނީ މަދީނާއިންނެވެ. އެއީ މާނައަކީ.
- ޝައިޚް މުޙައްމަދު އިބްރާހީމް