ދިރިއުޅުމުގަ މައްސަލަތައް ކުރިމަތިވެ ކުރިއަރަން ހުރަސްއެޅުން ނައްތާލައި އާޚިރަތް ކާމިޔާބުވުން އެދޭނަމަ މިމަގުން ޢަމަލުކޮށްބަލަ!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ދިރިއުޅުމުގަ މައްސަލަތައް ކުރިމަތިވެ ކުރިއަރަން ހުރަސްއެޅުން ނައްތާލައި އާޚިރަތް ކާމިޔާބުވުން އެދޭނަމަ މިމަގުން ޢަމަލުކޮށްބަލަ!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

ކާފިރުންނަށް ބަލާށެވެ! ގިނަ ބައަކު ފަތިހު 5 ޖަހާއިރު ހޭލައި ކަސްރަތުކޮށް ފޮތްކިޔައި އެދުވަހަކު އެމީހުން ކުރަން ހުރި މަސައްކަތްތައް ރާވާލައެވެ. އެކަމުގެ ސަބަބުން ދުނިޔަވީ ފައިދާތައްކުރެއެވެ. ދިރިއުޅުމަށް ކުރިއެރުން ލިބެން މަގުފަހިވާކަން އެމީހުންވެސް ޤަބޫލުކުރެއެވެ.  

އަހުރެމެން މުސްލިމުން 1 ގަޑިއިރު ކުރިއަށްލައި 4 ޖަހާއިރު ނިކަން ހޭލައިބަލާށެވެ! ފަތިސްނަމާދުގެ ކުރިން ރޭއަޅުކަމުގެ ކުރިން އެންމެ 2 ރަކްޢަތް ނަމަވެސް ކޮށްބަލާށެވެ! އެންމެ އާޔަތެއް ނަމަވެސް ހިތުދަސްކުރަން މަސައްކަތްކޮށްބަލާށެވެ! އަދި ފަތިސްނަމާދަށްފަހު ޛިކުރުކޮށްލައި އެމީހުން އެކުރާ ކަންކަން ކޮށްބަލާށެވެ!  

އެއިރުން އެމީހަކަށް ބަރަކާތް ލައްވަވާނެތެވެ. ބަރަކާތް ލެއްވެވީމާ ދުނިޔަވީ މަސައްކަތްތަކުން ލިބޭ ފައިދާ ބޮޑުވުމުގެ އިތުރުން އާޚިރަތް ކާމިޔާބުވާނެއެވެ. އިން ޝާ ﷲ  

މިމަގުން ޢަމަލުކުރާ މީހުން މިލިއަނަރުންނަށްވާނެ ކަމަކަށް ނުބުނަމެވެ. ނަމަވެސް ސިކުނޑިއަށް ހަމަޖެހުން ލިބި އުފާވެރިކަން ލިބޭނެއެވެ. ރިޒުޤް އިތުރުކުރައްވަވާނެތެވެ. ސަލާމަތާއި ރައްކައުތެރިކަންވެސް ދެއްވަވާނެތެވެ.  

މިކަންކަމަކީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެ ކަންކަމެވެ. މައްސަލައަކީ ޤަބޫލުކުރާ ޙާލުގައިވެސް ޢަމަލުނުކުރެވޭ ކަމެވެ. މުސްލިމުންނަށް ކާމިޔާބުލިބެނީ ޤަބޫލުކުރުމުގެ އިތުރުން ޢަމަލުވެސް ކުރުމުންނެވެ. ޢަމަލުކުރުމުގައި ހީވާގިވުމުންނެވެ.  

- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން