ކައިވެނިކުރަން ބޭނުންނުވާ މީހުން އެކުވެރިންގެ ގޮތުގަ ގެންގުޅުމަކީ އެމީހަކުވެސް އެގޮތަށް ލެނބިގެންދާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކައިވެނިކުރަން ބޭނުންނުވާ މީހުން އެކުވެރިންގެ ގޮތުގަ ގެންގުޅުމަކީ އެމީހަކުވެސް އެގޮތަށް ލެނބިގެންދާ ކަމެއް!

ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކައިވެނިކުރަން ބޭނުންނުވާ މީހުން ތިބެއެވެ. އެއީ ލިބޭ ހިތި ތަޖުރިބާއެއްގެ ސަބަބުން ނުވަތަ ޞިއްޙީ މައްސަލައަކާއި ގުޅިގެން ކަމަށްވެސް ވެދާނެއެވެ. އަދި އެެހން ކޮންމެވެސް ސަބަބަކާއިހުރެ ކަމަށްވެސް ވެދާނެއެވެ. 

ބައެއް މީހުން އެކުވެރިންގެ ގޮތުގައި މިބުނި ބާވަތުގެ މީހުން (ކައިވެނިކުރަން ބޭނުންނުވާ މީހުން) ގެންގުޅެއެވެ. އަހުރެން ބުނާނީ ތިމާ ކައިވެނިނުކޮށް ހުރެ އެކުވެރިންގެ ގޮތުގައި އެފަދަ މީހުން ގެންގުޅޭނަމަ އޭނާ ފަދަ މީހަކަށް ތިމާވެސްވުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. ވީމާ އަހުރެން ބުނާނީ އެފަދަ އެކުވެރިއަކު ހުރިނަމަވެސް އޭނާގެ އެސިފަ ތިބާ ލިބިނުގަންނާށެވެ. އޭނާ އާއިއެކު އުޅެންޖެހޭނީ އެކަމަށް ސަމާލުކަންދީގެންނެވެ. 

ކައިވެނިކުރާ ޢުމުރަށް އެޅި ކައިވެނިކުރެވެން އޮތްނަމަ ކައިވެނިކުރުމަށް އަވަސްވެގަންނަންވާނެއެވެ. ހެޔޮލަފާ މީހަކު ތިބާގެ ކައިވެންޏަށް އެދިގެން އަތުވެއްޖެނަމަ އެމީހަކާއި ގުޅޭށެވެ. ކައިވެނި އަވަސްކުރަންޖެހޭ ސަބަބުތައް ބައިވަރެވެ. އެއިގެ ތެރެއިން އެންމެ މިހިންމު ކަމަކީ ފާފައެއް ނުކޮށް ޢިއްފަތްތެރިއެއްގެ ގޮތުގައި ކައިވެނިކުރުމެވެ. 

ކައިވެނިކުރުން ލަސްކޮށްގެން މީހަކު ހުރިނަމަވެސް އޭނާ ހުރީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެގެން ކަމުގައިވާނަމަ އެމީހަކު ކުށްވެރިނުކުރާށެވެ. އޭނާއަށް ޤަދަރުކުރާށެވެ! ކައިވެނިކުރުން ލަސްކުރުމާއި ކައިވެނިކުރަން ބޭނުންނުވުމަކީ މުޅިން ތަފާތު ދެކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން