އިމާމް ޙަސަނުލްބަޞަރީގެ މި ބަސްފުޅަށް ވިސްނައިލެވުނު މީހަކަށްވެސް ހެޔޮ ބަދަލުތަކެއް އައިސް ދިރިއުޅުމަށްވެސް ފައިދާތަކެއް ކުރާނެ އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 56ސ
އިމާމް ޙަސަނުލްބަޞަރީގެ މި ބަސްފުޅަށް ވިސްނައިލެވުނު މީހަކަށްވެސް ހެޔޮ ބަދަލުތަކެއް އައިސް ދިރިއުޅުމަށްވެސް ފައިދާތަކެއް ކުރާނެ އިން ޝާ ﷲ

ޢާއިޝަތު ރަފާޙް ޢަލީ

 

ޙަސަނުލްބަޞަރީ ވިދާޅުވި ބަސްފުޅެއްގައިވެއެވެ. 

"ހަތަރުކަމެއް އަހުރެންނަށް އެނގެއެވެ. އަހުރެންނަށް އޮތް ރިޒުޤެއް އެހެން މީހަކަށް ނުހޯދޭނެކަން އެނގެއެވެ. އެކަމުން އަހުރެން ހިތްހަމަޖެހެއެވެ. އެހެން އެއްވެސް މީހަކު ، އަހުރެންގެ ބަދަލުގައި އަހުރެންނަށް ހެޔޮ ޢަމަލު ނުކޮށްދެވޭނެކަން އެނގެއެވެ. އެހެންވެ އަހުރެން ހެޔޮ ޢަމަލުތައް ގިނަ ކުރަމެވެ. އަހުރެންގެ ކޮންމެ ހަރަކާތެއް ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވާކަން އަހުރެންނަށް އެނގެއެވެ. އެހެންވެ ނުބައި ޢަމަލުތައް ކުރުމަށް އަހުރެން ލަދުވެތިވެއެވެ. މަރު އަހަންނަށް އިންތިޒާރު ކުރަމުންދާކަން އަހުރެންނަށް އެނގެއެވެ. އެހެންކަމުން ﷲ ތަޢާލާއާ ބައްދަލުކުރުމަށް އަހުރެން ތައްޔާރުވަމެވެ." 

ތަޤްވާވެރިކަން ހުރިނަމަ ފާފަކުރަން ބިރުވެތިވާނެ މިންވަރުގެ މިސާލަކަށް ބަލާނަމަ ޔޫސުފް ޢަލައިހިއްސަލާމް، ފާފަނުކުރެއްވެވުމަށްޓަކައި އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވިި ކަންތައްތަކުން ސަލާމަތް ކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާ ކުރެއްވެވީއެވެ. އެހެންކަމުން އަބަދުވެސް ﷲ ތަޢާލާގެ ޙަޟްރަތައް ފާފަ ފުއްސަވައިދެއްވާތޯ އަދި ފާފަތަކަށް އަރައިގަތުމުން ސަލާމަތް ކުރެއްވުން އެދި ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

 

މިއަދު އޮންލައިން