ތަފާތު ބަލިތަކުގެ ފަރުވާއަށް މާމުއި ބޭނުންކުރުމުގެ ތާރީޚް އެތައް ހާސް އަހަރެއް ކުރިއާ ގުޅިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
ތަފާތު ބަލިތަކުގެ ފަރުވާއަށް މާމުއި ބޭނުންކުރުމުގެ ތާރީޚް އެތައް ހާސް އަހަރެއް ކުރިއާ ގުޅިފަ!

އިންސާނުންނަށް ޖެހޭ ބަލިތަކުގެ ތެރެއިން ފިލުވާލަން މިހާރުވެސް އެންމެ އުނދަގޫ ބައެއް ބަލިތަކުގެ ފަރުވާއަކަށް މީގެ އެތައް ހާސް އަހަރެއ ކުރިން މާމުއި ބޭނުންކުރިކަން އެނގެން އެބައޮތެވެ. އެކަންކަމަށް ބަލައިފިނަމަ މާމުއިން ލިބެންހުރި ފައިދާ މިއަދުގެ ސައިންސްވެރިންނަށް އަދިވެސް އެއުޅެނީ ނުހޯދިގެންނެވެ. ހޯދުމަކާއި ގާތަކަށްވެސް ނުދެވިގެންނެވެ.  

ވިސްނާލަންވީ އެންމެ ކަމަކަށެވެ. އެއްޗަކުން ޝިފާ ލިބޭނެކަމަށް، ނުވަތަ އެއްޗެއްގައި ޝިފާއެއްވާ ކަމަށް އިސްލާމްދީނުގައި ބަޔާންވެގެންވާ ކޮންމެ އެއްޗެއްގައި ޝިފާވާކަން ޘާބިތުވަމުން އަންނަ ކަމެވެ. އެކަމުންވެސް އިތުބާރާއި ޔަޤީންކަން އިތުރުވަމުން އަންނަނީ އިސްލާމް ދީނުގައިވާ ކޮންމެ ކަމަކުން މީސްތަކުންނަށް ކުރާނީ ފައިދާ ކަމެވެ.  

ތިރީގައިވާ ލިޔުމުން މާމުޔާއިމެދު ވަރަށް ގިނަ މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ޤަދީމީ ތާރީޚުގައި މާމުއި-: މާމުޔަކީ އިހުގެ އެވޭލާ ޒަމާން ނުވަތަ ޤަދީމީޒަމާނުން ސުރެވެސް އިންސާނުން ބޭނުން ކުރަމުން ގެންދިޔަ އެއްޗެއްކަން ތާރީޚީ އާސާރުތަކުންވަނީ ހޯދިފައެވެ. [ސްޓޯން އޭޖް] ދައުރުގެ ކުރެހުންތަކުން ސާބިތުވާ ގޮތުގައި މީގެ 8000 އަހަރު ކުރީންވެސް އިންސާނުން މާމުއިގެ ބޭނުން ކުރަމުން ގެންދިޔައެވެ. އިހު އެވޭލާ ޒަމާނުގެ މިޞްރު މީހުންނާއި، އާޝޫރީންނާއި، ސީނުކަރައިގެ މީހުންނާއި، ޔޫނާނީންނާއި، ރޯމަނުން، ޒަޚަމްތަކަށް ފަރުވާ ކުރުމަށާއި، ބަނޑުގެ ބަލިތަކަށް ފަރުވާ ކުރުމަށްޓަކައި، މާމުއި ބޭނުންކޮށްފައިވެއެވެ.  

މާމުޔަކީ، ޤަދީމީ މިޞްރު މީހުން ބޭހުގެ ގޮތުގައި ބޭނުންކުރި އެންމެ މުހިންމު އެކައްޗެވެ. އެބައިމީހުން މާމުޔާއި، ކިރާއި ރާ އެއްކޮށްގެން ބޭހުގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ. މަރުވެފައިވާ މީހުންގެ ހަށިތައް ކުނިނުވާގޮތަށް ހެދުމަށާއި، ހަށިގަނޑުގައި އުފެދޭ ޒަޚަމާއި ފާރުގަނޑުތައް ފަސޭހަ ކުރުމަށްވެސް މާމުއިގެ ބޭނުން މިޞްރު މީހުން ކޮށްފައިވާކަން ތާރީޚު ހެކިދެއެވެ. މީގެ އިތުރަށް [ޓްރޮޕިކަލް އޮއިންޓްމެންޓު] އެއްގެ ގޮތުގައިވެސް މާމުއި މިޞްރު މީހުން ބޭނުށް ކުރަމުންގެ ގެންގޮސްފައިވެއެވެ. 

ޤަދީމީ ޔޫނާނީންގެ ތާރީޚު ނުވަތަ ގްރީސްގެ ތާރީޚުގައިވެސް މާމުއިވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެބައިމީހުން މާމުޔާއި، މޭބިސްކަދުރުގެ ދިޔަ ބޭނުންކޮށްގެން ޚާއްޞަ ބުއިމެއް ތައްޔާރުކުރެއެވެ. ގައުޓް (gout) އަދި ނާރުގެ ބަލިތަކަށް ފަރުވާކުރުމަށްޓަކައި އެބައިމީހުން މިދެންނެވި ބުއިން ބޭނުން ކުރެއެވެ. ޔޫނާނީންގެ މަޝްހޫރު ސައިންސްވެރިޔާ ހިއްޕޮކުރެޓް ވަނީ (Hippocrates) މާމުއިގެ ތަފާތު ފަރުވާތައް ބަޔާންކުރައްވައިފައިވެއެވެ. އެގޮތުން ތަދު ކެނޑުވުމަށްޓަކައި މާމުތާއި ރާހުތް އެއްކޮށްގެން ބޭނުން ކުރުމާއި، ކަރުހިއްކުން ކުޑަ ކުރުމަށްޓަކައި މާމުތާއި ފެން އެއްކޮށްގެން ބުއިން ފާހަގަކުރެއެވެ. ހަމަ އެފަދައިން އޭނާވަނީ އިސްތަށި ފޭބުމުގެ ސަބަބުން ބޯތަލަވުމުގެ ބައްޔަށާއި، ފާރު ހިއްކުމަށާއި، ކެއްސުމާއި، ކަރުގައި ރިހުމާއި، ލޮލޮގެ ބަލިތައް ފަދަ ބަލިތަކަށް މާމުއި ބޭނުން ކޮށްގެން ފަރުވާކުރައްވައިފައެވެ.  

އިސްލާމީ ބޭސްވެރިކަމުގައި މާމުތަށް ދެވިފައިވާ މަގާމު އިސްވެދިޔަ ޞަފްޙާތަކުގައި ވަނީ ލިޔެވިފައެވެ. ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘްތަކުގެ އަލީގައެވެ. އިސްލާމީ ބޭސްވެރިކަމުގައި މާމުއި ފާހަގަކޮށްފައިވަނީ ޞިއްޙަތައް ފައިދާ ހުރި ބުއިމެއްގެ ގޮތުގައެވެ. ޚުދު އަރަހުށި މާތްﷲ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މާމުޔަކީ އިންސާނުންނަށް ޖެހޭ ބަލިތަކަށް ހުރި  ޝިފާއެއްކަމުގައެވެ. ބޭރަށް ހިންގުމުގެ ބައްޔަށް އޮތް އިތުބާރު ހުރި އެއްފަރުވާއަކީ މާމުއި ކަމަށް އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم  ވަނީ އިރްޝާދު ދެއްވައިފައެވެ. 

 

 

މިއަދު އޮންލައިން