ސަލާމަށް ޢިޖާބަދީ ޢަމަލުކުރުމަކީ އެމީހަކަށްވެސް ރައްކައުތެރިކަން ލިބޭނެ ކަމެއް! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 4މ 12ސ
ސަލާމަށް ޢިޖާބަދީ ޢަމަލުކުރުމަކީ އެމީހަކަށްވެސް ރައްކައުތެރިކަން ލިބޭނެ ކަމެއް! އިން ޝާ ﷲ

ޢާއިޝަތު ރަފާޙް ޢަލީ

 

ދެވަނަ ކަމަކަށް މި ލިޔުމުގައި މި ފާހަގަ ކޮށްލަނީ މީހަކު ސަލާމް ގޮވައިފިނަމަ ބަލައިގަތުމެވެ.

މަގުމަތީގެ ރިވެތި އަދަބުތަކުގެ ތެރެއިން އިސްލާމްދީނުގައި ގޮވާލައި ކަންކަމުގެ ތެރެއިން، އެންމެ މަތިވެރި އެއް އަދަބަކީ ހަމަޖެހުން އެނބުރި އައުމެވެ. 

މީހުންނަށް ސަލާމް ގޮވުމަކީ ސުންނަތެކެވެ. ނަމަވެސް ސަލާމަށް ރައްދު ދިނުމަކީ ނުވަތަ ސަލާމަށް ޖަވާބު ދިނުމަކީ ވާޖިބެކެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ ސަލާމަށް ރައްދު ދިނުމަށް އެކަލޭގެފާނުގެ ޞަޙާބީންނަށްއަމުރުފުޅު ކުރައްވަވައިފައެވެ. އެއީ ޙައްޤަކަށް އަދި ވާޖިބެއް ކަމުގައި ވަނީ ކަނޑައަޅުއްވަވައިފައެވެ. 

قالَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ: خَمْسٌ تَجِبُ لِلْمُسْلِمِ علَى أخِيهِ: رَدُّ السَّلامِ وتَشْمِيتُ العاطِسِ وإجابَةُ الدَّعْوَةِ وعِيادَةُ المَرِيضِ واتِّباعُ الجَنائِزِ.

އަބޫ ހުރައިރާ ރަޟިޔަ ﷲ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "މުސްލިމަކަށް އޭނާގެ އަޚަށް އަދާކޮށްދިނުމަށް ވާޖިބުވެގެންވާ ފަސް ކަމެއްވެއެވެ. އެކަންކަމަކީ ސަލާމް ރައްދުކުރުމާއި، ކިނބިހި އެޅާ މީހާއަށް ޖަވާބުދިނުން ނުވަތަ ދުޢާކޮށްދިނުން، ދައުވަތަށް އިޖާބަދިނުމާއި، ބަލިމީހުންނަށް ޒިޔާރަތްކުރުމާއި، ޖަނާޒާއަށް ތަބާވުމެވެ."

އެހެންވީމާ، މުސްލިމަކު އޭނާއަށް ސަލާމް ގޮވައިފި މީހާއަށް ސަލާމް ރައްދުކޮށްދޭންޖެހެއެވެ. އެހެނީ މުސްލިމުން އޭނާގެ އަޚާއަށް ރައްކާތެރިކަން ދީފައި އޮތުމުން އޭގެ ބަދަލުގައި އޭނާއަށް ރައްކާތެރިކަމާއި އަމާންކަން ދިނުމަށް އިސްނެގުމަކީ އޭނާގެ ވާޖިބެކެވެ. 

ﷲ ތަޢާލާ ނިސާ ސޫރަތުގެ 86 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا ﴿٨٦﴾‏

މާނައީ: "ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (86)" 

އަދި އެއީ ތިބާގެ މަޖިލިސް ނުވަތަ ތިބާގެ ކައިރިންދާ ކޮންމެ މީހެއްގެ ސަލާމަށް ރައްދު ދިނުމެވެ. އެގޮތުން ޞުލްޙަ މަސަލަސްކަން ޤާއިމުކުރެވޭނީ ސަލާމަށް ރައްދު ދީގެންނެވެ. 

މިފަދަ ރީތި ސިފަތައް މުސްލިމުންގެ ކިބައިގައި އަށަގަންނަވުމަށް އިސްލާމްދީން ބާރުއަޅައެވެ. އަދި ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށްލުމަށް އިސްލާމްދީނުގައި އަޅުގަނޑުމެން މުސްލިމުންނަށް އަންގަވާފައިވެއެވެ. 

ﷲ ތަޢާލާ އިސްރާ ސޫރަތުގެ 37 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.

وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ الْأَرْضَ وَلَن تَبْلُغَ الْجِبَالَ طُولًا ﴿٣٧﴾‏

މާނައީ: އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ. (37)

 

މިއަދު އޮންލައިން