އެކުވެރިޔާއަށް ތަނަވަސްކަން ލިބުމުން ޙަސަދަވެރިނުވާށެވެ! ތިބާއަށް ނުދެއްވެވީ ނުދެއްވެވުމުން ތިބާއަށް ކުރަން އޮތް ފައިދާ މާބޮޑުވާނެތީކަމަށް ޔަޤީންކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އެކުވެރިޔާއަށް ތަނަވަސްކަން ލިބުމުން ޙަސަދަވެރިނުވާށެވެ! ތިބާއަށް ނުދެއްވެވީ ނުދެއްވެވުމުން ތިބާއަށް ކުރަން އޮތް ފައިދާ މާބޮޑުވާނެތީކަމަށް ޔަޤީންކުރާށެވެ!

އެކުވެރިޔާއަށް ނުވަތަ އަވަށްޓެރިޔާއަށް ނުވަތަ އެއްވެސް މީހަކަށް ތަނަވަސްކަން ދެއްވެވުމުން ޙަސަދަވެރިނުވާށެވެ! ތިބާއަށް ތަނަވަސްކަން ނުދެއްވެވީ ނުދެއްވެވުމުން ތިބާއަށް ކުރަން އޮތް ފައިދާ މާބޮޑުވާނެތީކަމަށް ޔަޤީންކުރާށެވެ! 

ވިސްނާށެވެ! ތިބާއަށް ތަނަވަސްކަން ލިބިއްޖެނަމަ އެކަމުގެ ބޭނުން ހިފޭނެ ގޮތް ތިބާއަށް ނުވެސް އެނގޭނެއެވެ. ނަމަވެސް ތިބާއަށް ތަނަވަސްކަން ދެއްވަވައިފިނަމަ އެއިގެ ބޭނުން ތިބާ ހިފާނެ ގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.  

ތަނަވަސްކަން ލިބުމުން ޢާއިލާ ނިކަމެތިކޮށްލައި ފާޙިޝް ޢަމަލުތައްކޮށް އަދި ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެހެންވެސް ޢަމަލުތައްކޮށް ދުނިޔެއާ އާޚިރަތް ނަގާލަނީ ކިތައް މީހުން ހެއްޔެވެ؟ ޒަކާތް ނުދައްކައި އުޅެނީ ކިތައް މީހުން ހެއްޔެވެ؟ ޔަޤީންކުރަންވީ ތިބާއަކީ އެފަދަ މީހަކަށްވުމުގެ ފުރުޞަތު ތިބާއަށް ނުދެއްވެވީ ހަމަ ތިބާއަށް ފައިދާއަކަށް ކަމަށެވެ. 

ﷲ ތަޢާލާ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ އަޅުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެއެވެ. އެއިރުން އެމީހަކަށް މިންވަރު ކުރައްވަވާނީ ދުނިޔެއާ އާޚިރަތުގައިވެސް އެމީހަކަށް އެންމެ ފައިދާ ހުރި ގޮތްތަކެވެ. ވަކީލްކުރާ އަޅަކަށްވާށެވެ! އެއިރުން މިކަންކަން ޤަބޫލުކުރެވި އުފަލުގައި ހުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން