ކޮންމެ ރެއަކު ނުކުރެވިދާނެ ކަމުގެ ބިރަށް ދަމުނަމާދުކުރަން ނުފަށައި ނުތިބެ އަވަހަށް ކުރަން ފަށާށެވެ! ޙާލަތު ދިމާވާ ގޮތުން ނުކުރެވުނަސް ފާފަވެރިއެއް ނުވާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކޮންމެ ރެއަކު ނުކުރެވިދާނެ ކަމުގެ ބިރަށް ދަމުނަމާދުކުރަން ނުފަށައި ނުތިބެ އަވަހަށް ކުރަން ފަށާށެވެ! ޙާލަތު ދިމާވާ ގޮތުން ނުކުރެވުނަސް ފާފަވެރިއެއް ނުވާނެއެވެ!

ދަމުނަމާދަކީ ކުރަން ފަށައިފިނަމަ ހުއްޓާނުލާ ކޮންމެރެއަކު ކޮންމެހެންވެސް ކުރަންޖެހޭނެ ކަމަށާއި އަދި ހޭނުލެވިއްޖެނަމަ ހެނދުނު ވެސް ކުރަންޖެހެނެކަމަށް ބައެއް މީހުން ބުނާތީ ގިނަބައަކު ތިބެނީ ދަމުނަމާދުކުރަން ފަށަން ބިރުންނެވެ. 

ބައަކަށް އެކަން އެގޮތަށް ވިސްނިފައި އޮތަސް އެއީ ރަގަޅު ވާހަކައެއްނޫނެވެ. ޙާލަތު ދިމާވާ ގޮތަކުން ނުކުރެވުނަސް ފާފަވެރިއެއް ނުވާނެއެވެ. ނުކުރެވިއްޖެ މީހަކަށް އެމީހަކު ބޭނުންނަމަ ޤަޟާ ކުރެވިދާނެއެވެ. އަދި ޤަޟާނުކޮށް ދޫކޮށްލިނަމަވެސް ފާފަވެރިއެއްނުވާނެއެވެ.

މަޢުލޫމާތު:ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް. 

ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ އެންމެ އިތުރުކަންބޮޑުނަމާދެވެ. ކުރަން ފެށުމުން ހިތްވަރުވެސް ލިބޭނެއެވެ. ކުރާހިތްވެސްވާނެއެވެ. ވީމާ ޤަވާއިދުން ނުކުރެވިދާނެ ކަމުގެ ބިރަށް ނަމާދުކުރަން ނުފަށައި ނުހުންނާށެވެ. ކުރަން މަސައްކަތްކުރާށެވެ. ހެޔޮ ޢަމަލެއް ކުރަން ކުރާ މަސައްކަތަށްވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ 

ރޭއަޅުކަންކުރަން ފަށަން އުޅޭއިރަށް މިބާވަތުގެ ވަސްވާސްތައް ދެނީ ޝައިޠޯނާއެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ދީލާލައިނުލާށެވެ! ފަސްނުޖެހޭށެވެ! ޢަޒުމުގައި ޘާބިތުވާ މީހުންނަށް ﷲ ތަޢާލާ ހިތްވަރު ދެއްވަވާނެތެވެ. އަދި މަގުފަހިކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

މިއަދު އޮންލައިން