އެމީހެއްގެ ޢާއިލާއަށް އަޅާނުލާ، ވަޤުތު ބޭކާރުކުރާ، ބައިވެރިޔާ ނޫން މީހުންގެ ކިބައިން އުފާހޯދާ މީހުންނާއިއެކު އުޅޭނަމަ ތިމާގެ ކިބައިގައިވެސް ހަމަ އެސިފަތައް އަށަގަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެމީހެއްގެ ޢާއިލާއަށް އަޅާނުލާ، ވަޤުތު ބޭކާރުކުރާ، ބައިވެރިޔާ ނޫން މީހުންގެ ކިބައިން އުފާހޯދާ މީހުންނާއިއެކު އުޅޭނަމަ ތިމާގެ ކިބައިގައިވެސް ހަމަ އެސިފަތައް އަށަގަންނާނެ!

ފުރަތަމަވެސް ބުނެލަން ބޭނުންވަނީ ނުބައި އެކުވެރިން ގެންގުޅުން، ނުވަތަ ނުބައި ޢަމަލުތައްކުރާ މީހުންނާއިއެކުގައި އުޅުމަކީ އިސްލާމް ދީން އެއްވެސް ވަރަކަށް ތަރުޙީބް ކަމެއް ނޫނެވެ. އެއީ ޝައިޠޯނުން ފަދަ ބައަކަށްވާތީއެވެ. 

އެމީހެއްގެ އަނބިދަރިންނަށް ސަމާލުކަން ނުދޭ، ވަޤުތު ބޭކާރުކުރާ، ބައިވެރިޔާ ނޫން މީހުންގެ ކިބައިން އުފާހޯދާ، މީހުންނާއިއެކު އުޅޭނަމަ، ތިމާގެ ކިބައިގައިވެސް ހަމަ އެސިފަތައް އަށަގަނެއެވެ. 

ޔަޤީންކަމާއިއެކު ބުނަމެވެ. މިކަންކަމަށް ސަމާލުކަންދޭ މީހުނާއިއެކުގައި އުޅޭ ނަމަ ތިމާގެ ކިބައިގައިވެސް ހަމައެސިފަތައް އަށަގަންނާނެއެވެ. 

އަނބިންނަށް ނުވަތަ ފިރިންނަށް ޚިޔާނާތްތެރިވާ މީހުނާއިއެކުގައި އުޅޭނަމަ ހަމަ އެ ސިފަތައް ތިމާގެ ކިބައިގައި ވެސް އަށަގަންކަން އަބަދުވެސް އަންނަނީ ފެންނަމުންނެވެ. އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޚިޔާނާތްތެރިވުމަކީ ކުރެވޭ ކުށެއް ކަމުގައި އެމީހުންނަކަށް ނުވެސް ވިސްނޭނެއެވެ. އެކަމުގެ ސަބަބުން ޒަވާޖީ ޙަޔާތް ރޫޅި، ލިބިފައިވާ ލޯބިލޯބި ދަރިންކޮޅަށް ބިކަވެ ޙާލުގައި ޖެހިދާނެކަމެއްވެސް ނުވިސްނޭނެއެވެ. 

އަދި ހަމަ އެއާއެކު ތިމާގެ އެކުވެރިންނަކީ އެމީހެއްގެ މައިންބަފައިންނަށާއި ޢާއިލާއަށް އަޅައިނުލާ ބައަކު ކަމުގައިވެއްޖެނަމަ ހަމަ އެސިފަ ތިމާގެ ކިބައިގައިވެސް ހަރުލައެވެ. މިހެންގޮސް މިފަދަ ކިތަންމެ ގިނަ މިސާލުތަކެއްވެސް ދެއްކިދާނެއެވެ. 

ވީމާ ޒަވާޖީ ޙަޔާތުގެ ފޮނިމީރުކަން ލިބި އުފަލުގައި ދިރިއުޅެން ބޭނުންވާނަމަވެސް، ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރަން ބޭނުންނަމަވެސް ރަނގަޅު އެކުވެރިން ޚިޔާރުކުރަން އެބަޖެހެއެވެ. އަދި ރަޙިމުގެ ގުޅުން ބާއްވައި ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން އުޅެން ބޭނުންނަމަވެސް މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. 

ޒަވާޖީ ޙަޔާތް ރޫޅި، ގިނަ ބައަކަށް ނިކަމެތިކަން ލިބި، ދަރިންގެ އަޚްލާޤް ގޯސްވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މިކަންކަމަށް ސަމާލުކަން ނުދީ ނުބައި އެކުވެރިންނާއިއެކުގައި އުޅެވޭ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން