ކައިވެނިކުރަން ބޭނުންވުމުން ބައެއް މީހުން ފުރަތަމަވެސް ކަނޑައަޅަނީ ބައިވެރޔާގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކެވެ. ރީތިކަން، ތަނަވަސްކަން، ހިތްހެޔޮކަން، މަޖާމިޒާޖެއްގެ މީހަކަށްވުން، ތަޤްވާވެރިކަން މިހެން ގޮސް އެތައް ބައިވަރު ސިފަތަކެކެވެ.
ދެންވާގޮތަކީ އެހުރިހާ ސިފަތަކެއް ހުންނަ މީހަކާއި ބައްދަލުނުވާތީ ކައިވެނިނުކޮށް އެތައް އަހަރެއް ފާއިތުކޮށްލަނީއެވެ. ބައެއް މީހުން އެސިފަތައް ހުންނަ މީހަކަށް އިންތިޒާރުކުރަމުން ގޮސް ޢުމުރުގެ ބޮޑު ބައެއް އެކަނިހުރެ އެބަ ހޭދަކުރެއެވެ.
ބުނަންހެއްޔެވެ؟ ތިބާގެ ބައިވެރިއަކަށް ބޭނުންވާ މީހާގެ ކިބައިގައި ހުރުމަށް ތިބާ އެދޭ ސިފަތައް ފުރަތަމަ ތިބާގެ ގައިގައި ހަރުލައްވާށެވެ! އެއިރުން ތިބާއަށް ބޭނުންވެގެން އެސިފަތައް ހުންނަ މީހުން ތިބާގެ ގާތަށް އަންނާނެއެވެ. އެސިފަތައް ހުރި މީހަކު ހޯދަން އުޅޭކަށް ތިބާއަކަށް ނުޖެހޭނެއެވެ.
އެހެނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޙަޔާތުގެ ބައިވެރިއަކަށް ބޭނުންވާނީ ހުރިހާ ރަނގަޅު ސިފަތަކެއް ހުރި މީހެކެވެ. އެފަދަ މީހުން މިހާރު ދުނިޔޭގައި ވަރަށް މަދެވެ. ވީމާ ތިބާއަކީ އެފަދަ މީހަކަށް ވެއްޖެނަމަ އެންމެންވެސް ތިބާއަށް ބޭނުންވާނެތީއެވެ.
ހަމައެއާއިއެކު ތިބާގެ ކިބައިގައި ރަނގަޅު ސިފަތައް ނެތްނަމަ ގަތީ ތިބާއާއިއެކު ދިރިއުޅޭނެ ރަނގަޅު މީހަކު ނުލިބުމެވެ. ވީމާ އެންމެ މުހިންމު ކަމަކީ ތިމާއަކީ ރަނގަޅު ސިފަތައް ހުރި މީހަކު ކަމުގައިވުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން