ލޯބިވާކަންދައްކަން ތަނަވަސް މީހުން ކުރާ ހޭދައަށް ބަލައި ކައިވެނިކުރުމަކީ ގިނަބައަކަށް ފަހުން ކަރުނައަޅަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ލޯބިވާކަންދައްކަން ތަނަވަސް މީހުން ކުރާ ހޭދައަށް ބަލައި ކައިވެނިކުރުމަކީ ގިނަބައަކަށް ފަހުން ކަރުނައަޅަންޖެހޭ ކަމެއް!

ތަނަވަސް މީހުން އަންހެނުންގެ ރުހުން ހޯދަން ޚަރަދުކުރެއެވެ. ވަރަށް ބޮޑެތި ޚަރަދުތައްވެސް ކުރެއެވެ. އަގުބޮޑު ތަކެތި ހަދިޔާވެސް ކުރެއެވެ. އެކަންކަން ލިބެން ފެށުމުން އެއީ ތިމާދެކެ ވަރަށް ލޯބިވާ މީހެއްކަމަށް ޤަބޫލުކުރެވުން އޮންނަނީ ވަރަށް ގާތުގައެވެ. 

ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. އޭނާގެ އަތުގައި ތަނަވަސްކަން ހުރުމުން ފައިށާއަކީ އޭނާއަށް އެހާ މުހިންމު އެއްޗެއް ނޫނެވެ. ކެއުމަކަށް ތިން ހަތަރުސަތޭކަ ޑޮލަރު ޚަރަދުކުރެވޭ ފެންވަރުގެ މީހަކަށް ތިން ހަތަރު ސަތޭކަ ޑޮލަރުގެ ހަދިޔާއެއްދިނުން އެއްވެސް ބުރަކަމަކަށް ނުވާނެތީއެވެ. 

ވީމާ ރަނގަޅު، ތިމާއަށް އަޅާލައި ލޯބިދޭނެ ބައިވެރިއަކު ބޭނުންވާނަމަ ދޭ ހަދިޔާތަކަށް ނުބަލާށެވެ! އެމީހަކު ތިބާގެ ކަންކަމަށް ފަރުވާތެރިވާ މިންވަރަށް ބަލާށެވެ! ޚާއްޞަކޮށް ޙާލުބަލާ މިންވަރަށް ވިސްނާށެވެ! 

ގިނަ ކައިވެނިތަކުގައި އެހާއަވަހަށް މައްސަލަ ޖެހެނީ މިބުނި ވިސްނުމުން ނުވިސްނާތީއެވެ. ފުނިފުންޏަށް ލިބޭ އަގުބޮޑު ހަދިޔާތަކަށް ސަމާލުކަންދެވޭތީއެވެ. ހަދިޔާ ދިނަސް އެމީހެއްގެ ކިބައިން އަޅާލުން ލިބޭ މިންވަރަށް ބަލައި އަޅައިލުން ލިބޭނަމަ އެއީ ތިމާދެކެ ލޯބިވާ މީހަކަށް ދުށުމަކީ މައްސަލައެއް ނޫނެވެ. 

ލިބިފައިވާ ތަޖުރިބާގެ މައްޗަށް ބަލައި ބުނަމެވެ. ގިނަ ބައަކަށް މިބުނި މަގުން ވިސްނިފައެއް ނުއޮވެއެވެ. އަވަސްވެގަނެވެނީ ތަނަވަސް މީހާއާއި ކައިވެނިކުރުމަށެވެ. އެހެންވެ ފަހުން ކުރަންޖެހޭ ހިތާމަ ބޮޑުވަނީއެވެ. 

- ނާޒިމާ ޚާން / ކައިވެނީގެ މައްސަލަތައް ޙައްލުކޮށްދޭން މަސައްކަތްކުރާ ތަޖުރިބާކާރެއް

މިއަދު އޮންލައިން