ހަނދުމަކޮށްދިނުމެއް!: ކެއުމުގެ ބައެއް އަދަބުތައް ސުންނަތުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 35ސ
ހަނދުމަކޮށްދިނުމެއް!: ކެއުމުގެ ބައެއް އަދަބުތައް ސުންނަތުން-

ކެއިން ބުއިމުގައި މުސްލިމުން ނޫން މީހުން ޢަމަލުކުރާ ގޮތަށް ޢަމަލުކުރުން މިދަނީ ޢާންމުވަމުންނެވެ. އެންމެ ކުޑަމިނުން ކާންފަށަމުން ނުވވަތަ ފެންބޯން ފަށަމުން ބިސްމީﷲ ކިޔަންވެސް އެބަ ފަރުވާކުޑަކުރެވެއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަންކަމެވެ. 

އިމާމް ތިރްމިޒީ، އަބޫ ދާއޫދު އަދި އިބްން މާޖާ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. 

عن أُمُّ كُلْثُومٍ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا أَكَلَ أَحَدُكُمْ فَلْيَذْكُرْ اسْمَ اللَّهِ تَعَالَى فَإِنْ نَسِيَ أَنْ يَذْكُرَ اسْمَ اللَّهِ تَعَالَى فِي أَوَّلِهِ فَلْيَقُلْ بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ

މާނަ: މާތް ﷲ ރުއްސުންލެއްވި އުއްމްކުލްޘޫމް އަދި އައިޝާ ރަޟިޔަﷲ އަންހާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ކުރެ މީހަކު ކާން ފެށުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔާ ހުށިކަމެވެ. ކާންފެށުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔަން ހަނދާންނެތި ނުކިއިއްޖެނަމަ (بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ) މިފަދައިން ކިޔާހުށި ކަމެވެ.”

ولِمَا رَوَى عُمَرُ بْنُ أَبِي سَلَمَةَ قَالَ : كُنْت غُلَامًا فِي حِجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ , فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : ” يَا غُلَامُ : سَمِّ اللَّهَ , وَكُلْ بِيَمِينِك, وَكُلُّ مِمَّا يَلِيكرواه البخاري ( 3576 ) ومسلم ( 2022) 

މާތް ﷲ ރުއްސުންލެއްވި عُمَرُ بْنُ أَبِي سَلَمَةَ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ބެއްލެވުމުގެ ދަށުގައިވާ ކުޑަކުއްޖެއް ކަމުގައި ތިމަންނަ ވީމުއެވެ. ތިމަންނާގެ އަތް މުޅި ތަށިތެރޭގައި ހޭކެއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “އޭ ދަރިފުޅާއެވެ. ކެއުމުގެ ކުރިން ﷲ ގެ އިސްމުފުޅުން ފަށާށެވެ. އަދި ދަރިފުޅުގެ ކަނާއަތުން ކާށެވެ. އަދި ދަރިފުޅާ ތަށީގެ އެންމެ ގާތުން ކާށެވެ." والله أعلم 

ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ (1) ކާންފެށުމުގެ ކުރިން ބިސްމިﷲ ކިޔުން (2) ކަނާއަތުން ކެއުން. (އަތް ނޫން އެއްޗެއް ބޭނުންކޮށްގެން ކެއިނަމަވެސް އަނގައަށްލާންވާނީ ކަނާއަތުގައި އޮތް އެއްޗެކެވެ.) (3) ތަށީގެ އެންމެ ގާތުން ކެއުން)

 

 

- ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން