އެކުވެރިއަކާމެދުވެސް ހިތްހަމަނުޖެހޭ އިރަށް އަނެކާ ފަޟީޙަތްކުރާއިރު ﷲ ތިބާ ފަޟީޙަތްކުރައްވައިފިނަމަ ވާނީ ކިހިނެއްކަން ވިސްނޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެކުވެރިއަކާމެދުވެސް ހިތްހަމަނުޖެހޭ އިރަށް އަނެކާ ފަޟީޙަތްކުރާއިރު ﷲ ތިބާ ފަޟީޙަތްކުރައްވައިފިނަމަ ވާނީ ކިހިނެއްކަން ވިސްނޭތަ؟

ދުނިޔޭގަ ތިބި އެންމެންނަށް ބެލިނަމަވެސް އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ! ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި ސިފަތަކެއް ހުންނާނެއެވެ! ކޮންމެ މީހަކަށްވެސް ކުށްތަކެއް ކުރެވިފައިވާނެއެވެ.

ހިތްހަަމނުޖެހޭއިރަށް އެކުވެރިއެއް ނަމަވެސް އެހެން މީހަކު ނަމަވެސް ފަޟީޙަތްކުރުމުގެ ކުރިން ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ބަލައިލަންވީ ޚުދު ތިމާއަށެވެ! ތިމާގެ ޙާލަތަށެވެ! ތިމާއަށް ކުރެވިފައިވާ ފާފަތަކަށެވެ. ތިމާއަށް ކުރެވޭ އަމަލުތަކަށެވެ!

އެންމެ އާދައިގެ ކަމެއްގެ ގޮތުން އެހެން މީހަކު އޭނާގެ ޢާއިލާއަށް އެހީތެރިނުވާ ވާހަކަ ދައްކާއިރު ތިމާ އުފުލަންޖެހޭ ޒިންމާ ތިމާއަށް އުފުލޭ މިންވަރާއިމެދު ވިސްނައިލާށެވެ! އެހެން މީހަކު އޭނާގ ބައިވެރިޔާއަށް ބޭވަފާތެރިވާ ވާހޖަކަ ދައްކާއިރު ތިމާގެ ވަފާތެރިކަން ހުރި މިންވަރު އަމިއްލައަށް ވަޒަންކޮށްލާށެވެ! އެއިރުން ވަރަށް ގިނަ ކަންކަން ވިސްނޭނެއެވެ!

މިދުނިޔޭގައި މީހެއްގެ ޢައިބު ފޮރުވައިދީފި މީހެއްގެ އައިބު/ޢައިބުތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ފޮރުއްވަވައި ދެއްވަވާނެވެ. އުންމީދުކުރަންވީ އެކަމަށް ނޫން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

"އެހެން މީހުންގެ ކުށާއި އުނިކަން ހޯދައި ފަޟީޙަތްކުރާ މީހާއަށް އެވަނީ ވަރަށް ބޮޑު މުޞީބާތެއް ޖެހިފައެވެ. ހަނދާންކުރާށެވެ! އެހެން މީހުންގެ ކަންކަން ފަޟީޙަތްކުރާނަމަ އެމީހަކު ކިތަންމެ ފިލައި ހުރި ނަމަވެސް އެމީހާގެ ކަންކަން ފަޟީޙަތް ކުރައްވަވާނެ ކަމަށް ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި އެބައޮތެވެ! ކޮޓަރީގެ ކަނުގައި ފިލައި އޮތްނަމަވެސް މެއެވެ.

 

އަނެކާއަށް ހެޔޮ އެދޭނަމަ އެހެން މީހުންނަށް ސިއްރުން އޭނާއަށް ނަބޭޙަތްދޭށެވެ! މީސްތަކުންގެ ކުރިމަތީގައި ފަމީޙަތް ނުކުރާށެވެ!"

--މުފްތީ މެންކް

މިއަދު އޮންލައިން