ވިހެއުމުގެ ވޭނަށްވުރެ އެތައްހާސްގުނައެއް ގަދަފަ ވޭން ތިބާގެ ގައިގަ އަޅާނެ ވަޤުތައް ބިރުވެތިވެ އެކަމުން ސަލާމަތްވާށެވެ!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ވިހެއުމުގެ ވޭނަށްވުރެ އެތައްހާސްގުނައެއް ގަދަފަ ވޭން ތިބާގެ ގައިގަ އަޅާނެ ވަޤުތައް ބިރުވެތިވެ އެކަމުން ސަލާމަތްވާށެވެ!: ޝައިޚް ޢާޞިމް އަލްޙަކީމް

މީސްތަކުންނޭވެ! ފުރާނަ ހިއްޕަވަން މަލަކުލްމައުތު ވަޑައިގަންނަވާތަން ފެނުމުން އެކަން ހުއްޓުވަން އެމީހަކަށް ނަރަކަ ޙައްޤުވާ ކޮންމެމީހަކުވެސް އިންތިހާއަށް ބޭނުންވާނެއެވެ. އަތާއި ފައިން ޙަރަކާތްކޮށް ކައިރިވިޔަ ނުދޭން މަސައްކަތްކުރަން ބޭނުންވާނެއެވެ. ނަމަވެސް އެންމެ ޙަރަކާތެއްވެސް ނުކުރެވޭނެއެވެ. އެންމެ ކުޑަމިނުން އިނގިއްޔެއްވެސް ގުޑުވައެއް ނުލެވޭނެއެވެ.  

މީސްތަކުންނޭވެ! ވިސްނައި ހޭލުންތެރިވާށެވެ! ވިހެއުމުގެ ވަޤުތު މައިންގެ ގައިގައި އަޅާވޭން އިހްޞާޞްކުރެވޭނީ މައިންނަށެވެ. އެވޭނުގެ ގަދަކަމުން އެއީ މީހެއްގެ ގައިގައި ދުނިޔޭގައި އަޅާނެ އެންމެ ގަދަފަދަ ވޭންކަމުގައި ބެލެވެއެވެ. އެތަދުގެ ބޮޑުކަން ނުވަތަ މިންވަރު ދެނެގަތުމަށް ސައިންސްވެރިން އަދިވެސް އެތިބީ ނުކުޅެދިފައެވެ.  

ކާފިރުންގެ ފުރާނަ ހަށިގަނޑުން ނެރުއްވަވާއިރު އަޅާނެވޭން އެއަށްވުރެވެސް މާބޮޑުވާނެއެވެ. މާގަދަފަދަވާނެއެވެ. ނަމަވެސް މުސްލިމުންނަށް އެކަންވާނީ ތިނޯހެއްގެ ތުނޑު ހެރުން ފަދަ ކުޑަކުޑަ ކަމަކަށެވެ.  

ކާފިރުންނަށް މިބުނި ފަދަ ގަދަފަދަ ވޭނުގައި މަރުވުމަކުން ނިމެނީއެއް ނޫނެވެ. މަރުވާ ހިސާބުން ފެށިގެން ދާނީ ގަދަފަދަ ޢަޛާބު ލިބެމުންނެވެ. ކައްވަޅުގައިވެސް ގަދަފަދަ ލިބޭނެއެވެ. އަދި ޤިޔާމަތް ދުވަހު ނަރަކައަށް ލެއްވެވުމުން ލިބޭނެ ޢަޛާބު މާގަދަފަދަ ވާނެއެވެ. އެހެނީ ﷲ ތަޢާލާ ނަރަކަ ތައްޔާރުކުރައްވަވާފައިވަނީ ނުކިޔަމަންތެރިވި އަޅުންނަށް ގަދަފަދަ ޢަޛާބު ދެއްވެވުމަށެވެ.  

އަހުރެމެންނަށް އޮތީ މިބުނިފަދަ ގަދަފަދަ ވޭންތަކުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. އެކަން ކުރެވޭނީ ދުނިޔޭގައި ތިބެވޭ ދުވަހަކުއެވެ. ފުރާނަ ހިއްޕަވަން މަލަކުލްމައުތު ވަދައިގަތުމުގެ ކުރިންނެވެ. ވީމާ އަވަހަށް ތައުބާވާށެވެ! ތައުބާވުންމަތީގައި ދެމިހުންނާށެވެ! ކުރެވުނުހައި ގިނައިން އަޅުކަންކުރާށެވެ! މަރުގެ ސަކަރާތް ލުއިކުރައްވަވައި ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

 

- މަޢުލުމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން