އިބިލީހުގެ ކައްޓާއިން ކާމިޔާބު ކިރާ މީހުން ގިނަވެއްޖެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އިބިލީހުގެ ކައްޓާއިން ކާމިޔާބު ކިރާ މީހުން ގިނަވެއްޖެ؟

މިވެނި މީހަކީ ނުވަތަ ތިމާއަކީ ކާމިޔާބު މީހެއްކަމަށް ނުބައި މީޒާނަކުން ކިރާ މީހުން ވަރަށް ގިނަވެއްޖެއެވެ. އެއީ ޙަޤީޤީ ކާމިޔާބީއަކީ ކޮބައިކަން އެމީހުންނަށް ނުވެސް އެނގޭތީއެވެ. ކާމިޔާބީއަކީ ހަމައެކަނި ދުނިޔޭގައި ލިބޭ ފާސްތަކާއި ތަނަވަސްކަމާއި މެޑެލްތަކާއި މަތީ މަޤާމްތައް ކަމަށް ބަލައިގެން ކާމިޔާބީ ކިރާތީއެވެ. އެއިރުން ކާމިޔާބީ އެކިރެނީ އިބިލީހުގެ ކައްޓާއިންނެވެ! 

މިބަސްކޮޅަށް ވިސްނައިލާށެވެ! 

މީހުންގެ ކާމިޔާބުގެ މީޒާން ގިނަ ބަޔަކު ކިރަމުންދަނީ މީސްތަކުންނަށް ދުނިޔޭގައި ލިބިފައިވާ ކާމިޔާބީގެ މައްޗަށެވެ. އެވެނި މިވެނި މީހަކީ ކުރާ ކޮންމެ ކަމެއްގައި އެކަމަށް ފަރުވާތެރި އިޚްލާސްތެރި މީހެއްކަމުގައި ބުނެވެއެވެ. ނުވަތަ މިވެނި މީހަކި ހުރިހާ ކަމެއްވެސް ދަންނަ މޮޅު މީހެއްކަމުގައި ބުނެވެއެވެ.. އަދި އެވެނި މީހަކީ  މިވެނި އެވެނި ފާހެއް އޮތް ޢިލްމީ، ކަމަށް ޤާބިލް މީހެއް ކަމުގައި ބުނެވެއެވެ. 

ނަމަވެސް ޢިލްމީ ގޮތުން ކިތަންމެ މަތީ ފާހެއް އޮވެ، ތަނަވަސް އަދި މި ދުނިޔޭގައި ކިތަންމެ ކާމިޔާބު މީހެއް ކަމުގައި ވިޔަސް، ކާމިޔާބު ހޯދުމަށް މިސްކިތުން ގޮވާ އަޑަށް އިޖާބަ ނުދޭ މީހަކީ ކާމިޔާބު މީހަކަށް ވާނީ ކިހިނެއްތޯ؟ އެފަދަ ދިރި ހުރި ހަށިގަނޑެއްގެ ބޭނުމެއް އޮންނާނެތޯ؟ 

ޢިލްމުވެރިން ވިދާޅުވަނީ ނަމާދު ނުކުރާ މީހަކީ ދިރިހުރިނަމަވެސް މަރުވެފައިވާ މީހެއްފަދަ މީހެއް ކަމަށެވެ. 

އެނގިގެން މިދަނީ ބަންގީގެ އަޑުއިވޭކަމަށް ނުހަދައި ޢިޖާބަނުދޭ މީހަކަށް ކާމިޔާބު މީހަކަށް ނުވެވޭނެ ކަމެވެ. އެމީހަކީ ދިރިހުރިނަމަވެސް މަރުވެފައިވާ މީހަކު ފަދަ މީހަކު ކަމެވެ. ޙަޤީޤީ ކާމިޔާބު މީހަކަށް ވެވޭނީ ކާމިޔާބު ލިބިގަތުމަށް އައުމަށް ބަންގީގައި ގޮވާލެވޭ މީހަކަށް ވެގެންކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން