އަވަހަށް އިޞްލާޙްކޮށްލައްވާ! ވުޟޫކުރާއިރު މޫނުގަ ފެންލުމަށްފަހު ދެއަތުގަ ފެންލާއިރު ގިނަބައަކަށް ފެންލެވެނީ ރަނގަޅަކަށް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އަވަހަށް އިޞްލާޙްކޮށްލައްވާ! ވުޟޫކުރާއިރު މޫނުގަ ފެންލުމަށްފަހު ދެއަތުގަ ފެންލާއިރު ގިނަބައަކަށް ފެންލެވެނީ ރަނގަޅަކަށް ނޫން!

މޫނަށްފަހު ދެއަތުގަ ފެންލާންވާނީ ދެއަތްތިލައިގެ އިނގިލިތަކާއިއެކުގައެވެ. ދެއިނގިލި ދޭތެރޭގަވެސް ފެންޖައްސައިގެންނެވެ. އެކަން ކުރެވޭނީ ފުރަތަމަ ފަށަމުން ދެއަތްތިލަ ދޮންނަފަދައިން ދޮވެލާފައި ދެން އަތުގައި ފެންލުމުންނެވެ.

މިއީ ބައެއް މީހުންނަށް އޮޅުން އަރާފައި އޮންނަ ކަމެކެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ވުޟޫކުރަން ފަށަމުން ދެއަތްތިލަ ދޮންނައިރު އަތްތިލައިގެ ކުޑަހުޅާއި ހަމައަށް ފެންލުމުން އަތްތިލަ ދޮވެ ނިމުނީ ކަމަށެވެ. އަތްތިލައިގެ އިނގިލިތަކުގައި ފެން ޖައްސަން ޖެހޭނީ ވުޟޫކުރަން އަތްތިލަ ދޮވެލާއިރުގައި އެކަނި ކަމަށެވެ.

ނަމަވެސް އެއީ ރަނގަޅު ގޮތް ނޫނެވެ! ވުޟޫ ކުރުމަށް މޫނުގައި ފެންލުމަށްފަހު ދެ އަތުގައި ފެންލާއިރުވެސް ފެންލާންވާނީ ދެއަތްތިލައިގެ އިނގިލިތަކާއިއެކުގައެވެ. ދެ އަތުގެ ދެ އުޅަބޮށިކައްޓާއިއެކު ފެންލުން ފުރިހަމަވާނީ އެއިރުންނެވެ.

ވުޟޫ ކުރުމުގައި ވާޖިބު ފެށެނީ މޫނުގައި ފެންލުމުންނެވެ. އެއިގެ ކުރިން ދެއަތްތިލަ ދޮވުމާއި އަނގައާއި ނޭފަތަށް ފެންލުމަކީ ސުންނަތެވެ. ވީމާ ވުޟޫ ކުރުމަށް ދެ އުޅަބޮށިކައްޓާއިއެކު ދެ އަތުގައި ފެންލާއިރު ދެއަތްތިލައިގެ އިނގިލިތަކާއިއެކު ފެންލާންވާނެއެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބަދުއްލަޠީފް

 

މިއަދު އޮންލައިން