ގިނައިންކާ މީހުންނަށް ލިބޭ އެންމެ ބޮޑު ގެއްލުން: މީހަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ގިނައިންކާ މީހުންނަށް ލިބޭ އެންމެ ބޮޑު ގެއްލުން: މީހަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން!

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ގިނައިންކާނަމަ ގެއްލުން ލިބޭނީ ޞިއްހަތަށް އެކަނި ކަމަށެވެ. ލިބޭނެ ގެއްލުމަކީ ޞިއްޙީ ގެއްލުންތައް އެކަނި ކަމަށެވެ. ލިބޭނެ ދެރައަކީ ފަލަވެ ބަރުދަން އިތުރުވެ ސިފަހުތުރުވުން ކަމަށެވެ. 

އެއްވެސް ޝައްކެއް ނެތެވެ. މިކަންކަމަކީވެސް ކުރިމަތިވާނެ ކަންކަމެވެ. ނަމަވެސް އަހުރެން ފާހަގަކުރަން ބޭނުންވެގެން މިއުޅެނީ ގިނައިންކާ މީހުންނަށް ލިބޭ މާބޮޑު ގެއްލުމެއްގެ ވާހަކައެވެ. އަހުރެން ބުނާނީ މިބުނެވެނީ ގިނައިންކާ މީހަކަސް ލިބޭނެ އެންމެ ބޮޑު ގެއްލުން ކަމަށެވެ. 

އެކަމަކީ... އެކަމަކީ އަޅުކަންކުރަން ބުރަހެލިވުމެވެ. ރޭއަޅުކަންކުރުމަށާއި ފަތިސްނަމާދަށް ހޭލުމަކީ ބުރައަކަސްވެ ނުހޭލެވުމެވެ. އަދި ކީއްހެއްޔެވެ؟ ފަރުޟު ނަމާދުތައް ކުރުމަކީވެސް ބުރައަކަށްވެގެންދާނެއެވެ. އަދިވެސް ކީއްހެޔެވެ؟ ގިނައިން ކާނަމަ މީހާ ލޮޑުވާނެއެވެ. ދިރިއުޅެން ކުރަންޖެހޭ މަސައްކަތްތައް ކުރަންވެސް އުނދަގޫވާނެއެވެ. ގޭތެރޭގެ މަސައްކަތްކުރަންވެސް އުނދަގޫވާނެއެވެ.

މިގޮތަށް ވިސްނާށެވެ! މީހަކު ކިތަންމެ ގިނައިން ކެއިނަމަވެސް އެކެވެނީ ﷲ ތަޢާލާ ދެއްވަވާ ރިޒުޤެވެ. ވީމާ އެއްވިސްނުމަކުން ބަލައިފިނަމަ އެކަމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ އެކަމަކު އެކަމުގައި މައްސަލައެއް ނެތްނަމަ ހަށިގަނޑަށް ބޭނުންވާވަރަށްވުރެ ގިނައިން ނުކާކަށް ނުއޮންނާނެއެވެ. ބަނޑުގެ ތިންބައިކުޅަ އެއްބައަށްވުރެ ގިނައިން ނުކާކަށް ނުއޮތީހެވެ. އެކަންކަން އެގޮތަށް އެއޮތީ ގިނައިން ކެއުމަކީ މިބަޔާންކުރިފަދަ އެތައްކަމަކާއި ޞިއްޙަތަށްވެސް ބޮޑު ނުރައްކަލަކަށްވާނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން