ކައިވެނި އުފަލުގަ ދަމަހައްޓަން ބޭނުންވާނަމަ ރޭގަނޑު ދެމަފިރިން އެކުގަ ހޭދަކުރާ ވަޤުތު ގިނަކުރަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކައިވެނި އުފަލުގަ ދަމަހައްޓަން ބޭނުންވާނަމަ ރޭގަނޑު ދެމަފިރިން އެކުގަ ހޭދަކުރާ ވަޤުތު ގިނަކުރަންޖެހޭ!

ކައިވެނިކުރުމަށްފަހު އެންމެ މުހިންމު އެއްކަމަކީ ދެމަފިރިން އެކުގައި ވީހާގިނަ ވަޤުތެއް ހޭދަކުރުމެވެ. މާނައަކީ ދިރިއުޅެން ކުރަންޖެހޭ މަސައްކަތްކުރުމަށްފަހު ބޭކާރު ގޮތުގަ ބޭރުގައި ވަޤުތު ހޭދަނުކޮށް ގެއަށް ގޮސް ދެމަފިރިން އެކުގައި ވަޤުތުތައް ހޭދަކުރުމެވެ. ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ބޭރުގައި ދެމަފިރިންކުރެ އެކަކުވެސް ވަކިން ބޭރުގައި ނުއުޅުމެވެ. 

އަންހެނަކުވިޔަސް އަދި ފިރިހެނަކުވިޔަސް އެކަނި ބޭރުގައި އުޅޭނަމަ އެމީހަކު މަގުފުރައްދަން ޝައިޠޯނާ މަސައްކަތްކުރާނެއެވެ. ޚާއްޞަކޮށް ކައިވެނިކުރުމަށްފަހު ދެމަފިރިން ވަކިން ބޭރުގައި އުޅޭނަމަ ދޭ ޙަމަލާތައް ޝައިޠޯނާ ގިނަކުރާނެއެވެ. ފާފަތައް ގިރިޓީކޮށްފައި ދައްކާނެއެވެ. ބައިވެރިޔާއަށްވުރެ މާރީތި މީހުންވެސް ދއްކާނެއެވެ. 

ގިނަ ބައަކަށް މިއުޅެނީ އީމާންކަންމަތީގައި ޘާބިތުވެ ނުތިބެވިގެންނެވެ. ގިނައިން ބޭރަށް ގޮސް އުޅެވެނީ ޛިކުރުތައްވެސް ނުކިޔައެވެ. އެހެންވީމާ ޝައިޠޯނާއަށް ވަސްވާސްދޭން ލިބޭ ފުރުޞަތުތައް ގިނަވާނެއެވެ. 

ޔަޤީންކުރާށެވެ! އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅަނީ ކައިވެނި ރަނގަޅު ގޮތުގައި ދެމެހެއްޓުމަށެވެ. އެކަން ޙާޞިލުކުރަން ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ޚާއްޞަކޮށް ރޭގަނޑުގެ ވަޤުތުތައް ދެމަފިރިން އެކުގައި ހޭދަކުރުމެވެ. ދެމަފިރިންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތައް ކުޑަވެ ޖެހޭ މައްސަލަތައް ޙައްލުކުރަން އެންމެ ފަސޭހަ އެއްގޮތަކީވެސް ދެމަފިރިން އެކުގައި ގިނަ ވަޤުތު ހޭދަކުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

ސުވާލު:. ރޭގަނޑު/ ދަންވަރު އަނބިމީހާ ގޭގައި ބައިންދާފަ ރައްޓެހިންނާއެކީ ވަގުތު ހޭދަކުރުމަށް ދިއުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި އަނބިމީހާ އެގޮތަށް ކަންތައް ނުކުރުމަށް ބުނުމުންވެސް ރައްޓެހިން އިސްކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "އަމބިމީހާއަށް އޯގާތެރިވެ، ވަގުތުދީ، ލޯބިން ކަންތައް ކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތްވާޖިބެއް" ކަމަށެވެ. 

ހަމަ މިފަދަ ސުވާލެއްގެ ޖަވާބުގައި މުފްތީ މެންކް ވިދާޅުވެފައިވަނީ އަނބިމީހާ ގޭގައި ބައިންދާފައި ބޭރަށް ގޮސް ރައްޓެހިންނާއިއެކު ވަޤުތު ހޭދަކުރަން ހުއްދަނުވާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކުށެއް ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރުން އިސްލާމް ދީނުގައި ހުއްދަވެގެން ނުވާއިރު އެއީ ޙަރާމް ކަމެއްކަމަށް ވިދާޅުވާނެ ކަމަށެވެ. 

އެގޮތަށް ކަންކަން ކުރުމަކީ އަނބިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި އަނބިންނާއިމެދު އެގޮތަށް ކަންކަން ކުރަން ކައިވެނި ނުކުރަންވެސް މުފްތީމެންކް ވަނީ ފިރިހެނުންނަށް ގޮވާލައްވައިފައެވެ.

 

 

މިއަދު އޮންލައިން