ތިމާއަށް ބާރު ނުފޯރުވޭނެ ކަންކަން ކުރިމަތިވުމުން ބާރު ލިބިގަންނަން ބޭނުންކުރަން އޮތް ހަތިޔާރުން ބަލިނުކުރެވޭނެ ކަމެއް ނެތް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިމާއަށް ބާރު ނުފޯރުވޭނެ ކަންކަން ކުރިމަތިވުމުން ބާރު ލިބިގަންނަން ބޭނުންކުރަން އޮތް ހަތިޔާރުން ބަލިނުކުރެވޭނެ ކަމެއް ނެތް! އިން ޝާ ﷲ

ދިރިއުޅުމާއިމެދު ވިސްނައިފިނަމަ އެއީ އެހައި އުނދަގޫ ކަމެއް ނޫނެވެ. ދަނޑުވެރިއެއްގެ މިސާލުގައި ވިސްނާށެވެ! ލިބޭނީ އިންދިގަހެއްގެ މޭވާއެވެ! އންދި ގަހެއްގެ ގޮވާމެވެ! ދިރިއުޅުމަކީ ވެސް ހަމަ އެފަދަ ކަމެކެވެ. ތިބާއަށް ލިބޭނީ ތިބާ ކުރި މަސައްކަތެއްގެ ނަތީޖާއެވެ! އާޚިރަތް ދުވަހަކީ އެކަން ޔަޤީންކުރެވޭނެ ދުވަހެވެ! 

ދިރިއުޅުމުގައި ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް ވީހާގިނައިން އަޅުކަން ކުރަން އިސްކަންދޭށެވެ. ހެޔޮ ޢަމަލުތައް ގިނަކުރުންމަތީގައި ސާބިތުވާށެވެ! އެކި މީހުންނަށް ކުރިމަތިވާނީ އެކި މައްސަލަތަކެވެ. އެއިގެ ތެރޭގައި އެމީހެއްގެ އަމިއްލަ ބާރު ފޯރުވޭނެ ކަންކަމާއި ބާރު ނުފޯރުވޭނެ ކަންކަން ހިމެނިގެންވެއެވެ. އެކަންކަން ﷲ ތަޢާލާ ހަމައެންމެ މޮޅަށް ދެނެވޮޑިގެންވެވެއެވެ. 

ދިރިއުޅުމުގައި އެންމެ މުހިންމު އެއް ކަމަކީ ކުރިމަތިވާ ކަންކަމުގެ ތެރެއިން ތިމާއަށް ބާރުނުފޯރުވޭނެ ކަންކަން ކުރިމަތިވިނަމަވެސް އެކަމަށް ނުވިސްނުމެވެ. އެކަންކަމަށް ކިތަންމެ ވަރަކަށް ވިސްނިނަމަވެސް ކުރާނެ ފައިދާއެއް ނެތެވެ. ނަމަވެސް ކޮންމެފަދަ ކަމެއް ކުރިމަތިވިނަމަވެސް މުސްލިމުންނަށް ކުރެވޭނެ ކަމެއް އެބައޮތެވެ. އެއީ އެކަމަކުން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރުމެވެ. ދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ! އެހަތިޔާރުގެ ބޭނުން ހިފުމުން ބަލިކޮށްނުލެވޭނެ އެއްވެސް ކަމެއް ނެތެވެ. އިން ޝާ ﷲ 

ހަމައެއާއިއެކު އެހެން މީހުންނަށް ހެޔޮކޮށް ހިތާށެވެ! އެމީހަކު ކުރާ ހެޔޮ އަމަލުތަކަށް ޙައްޤު ޖަޒާ އެމީހަކަށް ދެއްވަވާނެކަން އެއީ ޔަޤީން ކަށަވަރު ކަމެކެވެ. ވީމާ ހެޔޮ އަމަލުކުރުމާއި މީސްތަކުންނަށް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! އެކަންކަމުން ހޯދެން އޮތް އެންމެ ގިނަ ޘަވާބު ހޯދަން މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން