ސީދާވެގެންވާ ތެދުމަގު އެނގުމަށާއި ދީނުގަ އޮތް ގޮތަށް ކަންކަން ކުރާ މީހަކު ކަމުގައި ލެއްވެވުން އެދޭމީހާ މިފަދަ ދުޢާތައް ކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ސީދާވެގެންވާ ތެދުމަގު އެނގުމަށާއި ދީނުގަ އޮތް ގޮތަށް ކަންކަން ކުރާ މީހަކު ކަމުގައި ލެއްވެވުން އެދޭމީހާ މިފަދަ ދުޢާތައް ކުރަންވާނެ!

މުސްލިމުންނަކީ ދީނުގެ ކަންކަން އޮޅުންފިލުވައި ދަސްކުރަންޖެހޭނެ ބައެކެވެ. ނަމަވެސް ގިނަބައަކަށް އޮންނަނީ އެކަން ނުކުރެވިފައެވެ. އެހެންވެ ޙައްޤާއި ބާޠިލް ދެނެގަތުމުގައާއި ޢަމަލުކުރުމުގައި ހުރަސްތަކެއް ކުރިމަތިވެއެވެ. މީހުން ބޫނާހާ ވާހަކައެއް ޤަބޫލުކުރެވެނީވެސް ޢަމަލުކުރެވެނީވެސް ތިމާގެ ކިބައިގައި ފުރިހަަމ މަޢުލޫމާތު ނުހުންނާތީއެވެ. 

ވިސްނާށެވެ! ޙައްޤު މަގު ފެނުނު ކަމުގައިވީނަމަވެސް ޙައްޤު އެއި ޙައްޤުކަމުގައި ޤަބޫލުކުރެވޭނީ އަދި ޙައްޤަށް ތަބަޢަވެވޭނީ އެކަމަށް ﷲ ތަޢާލާ ތައުފީޤް ދެއްވެވުމުންނެވެ! ހަމަ އެއާއިއެކު ބާޠިލް ގޮތް އެއީ ބާޠިލް ގޮތް ކަމުގައި ޤަބޫލުކުރެވި އަދި އެކަންކަމާއި (ބާޠިލް ގޮތާ) ދުރުހެލިވެވޭނީވެސް އެކަމަށް  ﷲ ތަޢާލާ ތައްފީޤް ދެއްވެވުމުންނެވެ. 

ވީމާ އެކަންކަމަށް އެދި މަސައްކަތްކުރުމާއިއެކު ދުޢާކުރަންވާނެއެވެ! 

اَللّٰهُمَّ أَرِنَا الْحَقَّ حَقًّا وَارْزُقْنَا إِتِّبَاعَهُ وَأَرِنَا الْبَاطِلَ بَاطِلاً وَارْزُقْنَا اِجْتِنَابَهُ. 

ދުޢާގެ މާނަ! "ޔާ ﷲ! އަޅަމެންނަށް ޙައްޤު ގޮތް އެއީ ޙައްޤު ކަމުގައި ޤަބޫލުކުރެވި އަދި ޙައްޤު ގޮތަށް ތަބަޢަވުމުގެ ތައުފީޤް އަޅަމެންނަށް ދެއްވަވައިފާނދޭވެ! އަދި އަޅަމެންނަށް ބާޠިލް ގޮތް އެއީ ބާޠިލް ގޮތް ކަމުގައި ޤަބޫލުކުރެވި އަދި އެކަންކަމާ (ބާޠިލް ގޮތާ) ދުރުހެލިވުމުގެ ތައްފީޤް އަޅަމެންނަށް ދެއްވަވާފާނދޭވެ!"

މިއަދު އޮންލައިން