ޤިޔާމަތް ދުވަހު، ﷲ ތަޢާލާ ރަޙްމަތުގެ ބެއްލުވުމުން ނުބައްލަވާނެ، ރަހްމަތުގެ ބަސްފުޅު ވަޙީ ނުކުރައްވަވާނެ، ވޭންދެނިވި ޢަޛާބް ލިބިގެންވާ މީހުންނަކީ ކޮބައިކަން އެނގޭހެއްޔެވެ؟
މި ލިސްޓުގައި ތިބާގެ ނަތް ނެތްކަން މިހިނދުން މިހިނދަށްވެސް ކަށަވަރުކުރާށެވެ! އޮތް ނަމަ އަވަހަށް ފުހެލާށެވެ! އެހެނީ މިލިސްޓުގައި މިވަނީ ތިބާގެ ނަން އޮތް ނަމަ ޤިޔާމަތް ދުވަހު، ﷲ ތަޢާލާ ރަޙްމަތުގެ ބެއްލުވުމުން ނުބައްލަވާނެ، ރަހްމަތުގެ ބަސްފުޅު ވަޙީ ނުކުރައްވަވާނެ، ވޭންދެނިވި ޢަޛާބް ލިބިގެންވާ މީހުންގެ ވާހަކައެވެ.
އެގޮތުން އައިސްފައި މިވނީ 12 ކެޓަގެރީއެކެވެ. މިއިން އެއްވެސް ކެޓަގެރީއަކަށް ފެތިގެނަ އެއްވެސް ސަލާމަތްކަމެއް ނުލިބޭނެއެވެ! އެހެނީ ޤިޔާމަތް ދުވަހު އެބައަކަށް ޢަޛާބު ގަދަފަދަވެގެންވާ ބައަކުވެއެވެ.
ރަސޫލް (ﷺ)ގެ ޙަދީޘްފުޅުތަކުން ސާބިތުވާ ގޮތުގައި ޤިޔާމަތް ދުވަހު، މާތް ﷲ، ރަޙްމަތުގެ ބެއްލުވުމުން ނުބައްލަވާނެ، އަދި ރަހްމަތުގެ ބަސްފުޅު ވަޙީ ނުކުރައްވަވާނެ، އަދި ވޭންދެނިވި ޢަޛާބް ލިބިގެންވާ 12 މީހުންނަކީ ނުވތަ 12 ކެޓަގަރީގެ މީހުންނަކީ:
1، މުސްކުޅި ޢުމުރުގައި ޒިނޭކުރާމީހާ
2، ފަޤީރު ޙާލުގައި ބޮޑާވެ ކިބުރުވެރިވާ މީހާ
3، ދޮގުހުވާކޮށްގެން މުދައު ވިއްކާ މީހާ
4، ދޮގު ހަދާ ރަސްކަލާ (ވެރިޔާ)
5، ސަހަރާއެއްގައި އެމީހެއްގެ އަތުގައި ފެންހުރެ، ދަތުރުވެރިޔާއަށް އެ ފެން މަނާކުރާ މީހާ
6، ޢަޞްރު ނަމާދަށްފަހު، ދޮގު ހުވާކުރާ މީހާ،
7، މީހުންނަށް އިޙްޞާންތެރިވެފައި ކަލަގޮވާ މީހާ
8، ތަނބިކަށިން ތިރިއަށް އިޒާރު ތިރިކުރާ މީހާ
9، ދުނިޔެއަށްޓަކައި ވެރިމީހާގެ އަތްމައްޗަށް ބައިޢަތުހިފާމީހާ
10، ދިރޭ ތަކެތީގެ ސޫރަ ކުރަހާ މީހާ
11، ފާފައެއް ކޮށްފައި، މީސްތަކުންގެ ކުރިމަތީގައި އަމިއްލައަށް އެފާފަ ފައުޅުކުރާ މީހާ
12، ކިޔަވައިގެން ހުރެ، މީސްތަކުން މަގުފުރައްދާ މީހާ
-ޝައިޚް މުޙައްމަދު އިބްރާހީމް