ކިތަންމެ ގިނައިން ލިބުނަސް ކިތަންމެ ބޮޑު އުފަލެއް ލިބުނަސް ހިތްނުފުރޭނަމަ ފުރަތަމަ ކަމަކަށްވެސް ޝައިޠޯނާ ފައްސައި ދުރަށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކިތަންމެ ގިނައިން ލިބުނަސް ކިތަންމެ ބޮޑު އުފަލެއް ލިބުނަސް ހިތްނުފުރޭނަމަ ފުރަތަމަ ކަމަކަށްވެސް ޝައިޠޯނާ ފައްސައި ދުރަށްލާށެވެ!

ހިތް ނުފުރުމާއި ހިތް ނުފުރިގެން ކަންބޮޑުވުމަކީ ޝައިޠޯނާގެ ކިބައިން އަންނަ ކަންކަމެވެ. ހިތް ފުރުމާއި ނުފުރުމަކީ އީމާންތެރިންނާއި ފުރިހަމައަށް އީމާން ނުވެވޭ މީހުންގެ މެދުގައި ހުންނަ ތަފާތެކެވެ! 

ވީމާ ޙާޞިލުކުރަން ބޭނުންވާ ކަމެއް ޙާޞިލުނުކުރެވޭނަމަވެސް ދެރަވެ ކަންބޮޑުނުވާށެވެ! އެކަމަކަށް މަގުދައްކަވައި ދެއްވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުމާއިއެކު ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ތިބާއަށް ރަޙްމަތް އިތުރުކުރައްވަވައި މަގު ދައްކަވާނެތެވެ! ތިބާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

ތިބާއަށް ކުރަން ބޭނުންވާ ކޮންމެވެސް ކަމެއް ނުވެގެން ނުވަތަ ބޭނުމެއް ނުފުދި އޮވެގެން ގިނަގިނައިން ވިސްނޭހެއްޔެވެ؟ ނުވަތަ ދެރަވެ ކަންބޮޑުވޭ ހެއްޔެވެ؟ އެކަންކަން މެދުވެރިވާނަމަ އީމާންކަން ވަރުގަދަކުރަން މަސައްކަތްކުރާށެވެ! ރޫޙާނީ ގޮތުން ވަރުގަދަވާން މަސައްކަތްކުރާށެވެ! ﷲ ތަޢާލާ އާއި ކުއްތަންވެވޭނެ ޢަމަލުތައް ކުރުން ގިނަކުރާށެވެ! 

ހިތަކީވެސް މަޚްލޫޤެކެވެ! އިންސާނާގެ ގުނަވަނެކެވެ! ތިބާގެ ހަށިގަނޑުގައި ހިތް އޮތްނަމަވެސް ހުރިހާ ބާރުތަކެއްވަނީ ﷲ ތަޢާލާއަށެވެ. އެކަން ހިތުގައި އަބަދުވެސް ބާއްވާށެވެ! ނިކަން ވިސްނައިބަލާށެވެ! ބިލިއަނުން އަތުގަ ފައިސާ ހުންނަ މީހުންވެސް އެއުޅެނީ މަދުވެގެންނެވެ. މަދުވެދާނެތީ އެންމެ ކުޑަމިނުން ޒަކާތް ދައްކަންވެސް ބިރުންނެވެ. ނަމަވެސް ނިކަމެތި ފަޤީރުން އެތިބެނީ ހިތްހަމަޖެހިގެން މާއުފަލުގައެވެ. 

ހަމައެކަނި އެކަމަށް ވިސްނައިލިނަމަވެސް ހިތްނުފުރުމުގައި ހިމެނިގެންވާ ޝައިޠޯނާގެ ދައުރު އެނގިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން