ސުވަރުގެވަޑައިގެންފައިވީނަމަވެސް ޚުދު ތިމާއަށްވެސް ރަސޫލް ޞޢޥ ދަޢުވަތެއް ދެއްވަވާފައިވާކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ސުވަރުގެވަޑައިގެންފައިވީނަމަވެސް ޚުދު ތިމާއަށްވެސް ރަސޫލް ޞޢޥ ދަޢުވަތެއް ދެއްވަވާފައިވާކަން އެނގޭތަ؟

ދުނިޔޭގައި ކިތަންމެ ދަތިޙާލެއްގައިވެސް އުޅެންޖެހިދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އަހުރެމެންނަށް އޮތީ އާޚިރަތް ކާމިޔާބުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ހަމައެއާއިއެކު ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ވަރަށް ގިނަ ދަޢުވަތުތައްވެސް ދެއްވަވައިފައެވެ. މިބަޔާންކުރަނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވަވާފައިވާ ދަޢުވަތެއްގެ ވާހަކައެވެ.  

މާތް ﷲ މިދުނިޔެއަށް ފޮނުއްވެވި ހުރިހާ ގޮތަކުން ވެސް އެންމެ މަތިވެރި އިންސާނާ، ރަސޫލް () ވަނީ އަހަރެމެންނަށް ދުނިޔޭގައި ލިބޭނެ އެންމެ މަތިވެރި، އެންމެ އަގު ބޮޑު، އެންމެ ބޮޑަށް ފައިދާކުރާނެ ވެސް ދަޢުވަތު އަހަރެމެން އެންމެންނަށް ދެއްވަވައިފައެވެ!  

އެހެނީ ރަސޫލް ()) ވަނީ އަހަރެމެންނާއި ބައްދަލުކުރައްވަވަން ބޭނުންފުޅުވާކަން ފައުޅުކުރައްވަވާފައެވެ. ވީމާ އިތުރު ސާޙިބާ () ދައުވަތު ޤަބޫލުކޮށް ބައްދަލުކުރަން މަސައްކަތްކުރުމަކީ ކުރަން އަހަރެމެންނަށް ޖެހިފައިވާ ކަމެކެވެ.  

ޙަދީޘްފުޅުގައިވަނީ އަޚުންނާއި ބައްދަލުކުރައްވަވަން ބޭނުންފުޅު ކަމަށެވެ! އަޚުން ކަމުގައި ޙަދީޘްފުޅު ކުރެއްވެވީ ޞަޙާބީންނެއް ނޫނެވެ. ޞަހާބީ ބޭކަލުންނަކީ ޞަޙާބީ ބޭކަލުން ކަމަށާއި އަޚުންނަކީ އިތުރު އެކަލޭގެފަނަށްފަހު ދުނިޔެއަށް އުފަންވެ އިތުރު އެކަލޭގެފާނަށް ތަބަޢަވާ މީހުން ކަމަށެވެ.  

އަހަރެމެންގެ ދަރަޖަ އެހައި މަތިވެރިވެގެން އެދިއައީ ރަސޫލް () އާއި ބައްދަލު ނުވެ އިތުރު އެކަލޭގެފާނުގެ ރަސޫލްކަން އަހަރެމެން ޤަބޫލުކޮށް ސުންނަތަށް ޢަމަލުކުރާތީއެވެ! އަދި ކީއްހެއްޔެވެ؟ ޤިޔާމަތް ދުވަހު މީސްތަކުން ސުވަރުގެ ވެއްދެވުމަށްފަހުގައި އެމީހުންނަށް ﷲ ތަޢާލާ ފެނުމަކާއި ނުލައި ﷲ ތަޢާލާއަށް އީމާންވީތީ ﷲ ތަޢާލާ ފަޚުރުވެވޮޑިގަންނަވާކަން ހާމަކުރައްވަވާނެތެވެ!  

ޤިޔާމަތް ދުވަހު ސުވަރުގެ ވެއްދެވުމުގެ 3 ތަނަކުން ރަސޫލް () އާއި ބައްދަލުކުރުމަށް އުންމީދުކުރަންވާނެއެވެ. އެއީ ޞިރާޠުމަގު ހުރަސްކުރާއިރުގަ އާއި މީޒާނުގެ ކައިރިންނާއި ކައުޘަރު ފެންއާރު ކައިރިންނެވެ. ރަސޫލް ()ގެ އަތްޕުޅުން އެ އާރުން ފެންބޯން ލިބޭނެ މީހަކު ކަމުގައި ވެވިއްޖެނަމަ އާޚިރަތް އެވަނީ ކާމިޔާބުކުރެވިފައެވެ. އެމީހަކު ވާނީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިންނެވެ. އިން ޝާ ﷲ

The Messenger of Allah once said,

“I wish to see my brothers.”

His companions, رضي الله عنهم, said, “Aren’t we your brothers, O Messenger of Allah ?”

He said, “You are my companions, and our brothers are those who have, so far, not come into the world.”

This can be found in a Hadeeth narrated by Muslim.

SubhaanAllah!

So, on the Day of Judgement, you can look for the Prophet in these 3 places. 

  • The Siraat (Al-Siraat, The Bridge)
  • The Mizan (Al-Mizan, The Scale)
  • The Hawd (Al-Hawd, The Pond)

You won’t miss him, in shaa Allah!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން