އެކުވެރިންގެ ގާތުގައި އަދި އެއްވެސް މީހެއްގެ ގާތުގައި މާގިނަ ވާހަކަތައް ނުދައްކާށެވެ. އެއީ ވަރަށް ނުރައްކައުތެރިކަން ބޮޑުކަމެކެވެ. އެކަމަށް ވިސްނާނުލައި މާގިނައިން ވާހަކަ ދެއްކޭނަމަ ކިޔައިދީގެން ނުވާނެ ވާހަކަތައް ކިޔައިދެވޭނެއެވެ. ކިޔައިދީގެން ނުވާނެ މިންވަރަށްވެސް ކިޔައިދެވޭނެއެވެ.
އެކަމުގެ ނަތީޖާއަކަށްވާނީ ތިބާގެ ބަލިފައިވެސް އެމީހަކަށް އެނގުމެވެ. ދެންވާނީ ތިބާ ހީވެސް ނުކުރާ ކަންކަމެވެ. ގިނަ ފަހަރު އޮންނާނީ ތިބާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަންނަން ފުރުޞަތުލިބިފައެވެ. ގިނަ ބައެއްގެ ޒަވާޖީ ޙަޔާތުގައި މައްސަލަތައް ޖެހި ކައިވެނި ރޫޅެން މެދުވެރިޔާ އެންމެ ޢާންމު ކަމަކީ އެހެން މީހުންނަށް މާގިނަ ވާހަކަތައް ކިޔައިދެވޭ ކަމެވެ.
ބައެއް މީހުންނަކީ ޠަބީޢީ ގޮތުންވެސް ވާހަކަ ވަރަށް ގިނަ ބައެކެވެ. ގިނައިން ވާހަކަދެއްކުމުން އެމީހުންނަށް ހިތްހަމަޖެހުންވެސް ލިބޭނެއެވެ. ނަމަވެސް ކުރިން މިބަޔާންކުރި ސަބަބުތަކަށްޓަކައި އެއީ ކުރެވޭ ވަރަށް ގޯސްކަމެކެވެ.
މިމައްސަލަ ބޮޑަށް ކުރިމަތިވަނީ ހިތްހެޔޮ، ތެދުވެރި، އިކްލާޞްތެރިންނަށެވެ. އެމީހުންގެ ހިތުގައި އެެހން މީހުންނަށް ޙަސަދަވެރިކަމެއް ނުއޮންނާތީ އަދި ހިތްސާފުވީމާ ތިމާއާއިމެދު އެހެން މީހުންގެވެސް ހިތްށާފުވާނެކަމަށް ޤަބޫލުކުރެވި ހުރިހާ ވާހަކަތަކެއް ކިޔައިދެވެނީއެވެ. ނަމަވެސް މިޒަމާނުގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެއީ ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އަނެކާއަކީ ތިމާއަށް ހިތްސާފު މީހެއްކަން ޔަޤީންކުރެވެން ނެތުމުންނެވެ.
ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން