ނަމާދުގަ އަލްހަމްދު ކީކަމަށްވާނީ ދުލުން ކިޔުމުން! ހިތަށް ގެންނާނީ މާނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ނަމާދުގަ އަލްހަމްދު ކީކަމަށްވާނީ ދުލުން ކިޔުމުން! ހިތަށް ގެންނާނީ މާނަ!

ނަމާދުގައި ފާތިޙާ ސޫރަތް (އަލްޙަމްދު) ކިޔެވިކަމަށްވާނީ ދުލުން ކިޔުމުންނެވެ. ހިތަށް ގެންނާނީ މާނައެވެ. ކޮންމެ ޛިކުރެއްވެސް ކިޔަން އެންމެ ފައިދާހުރި ގޮތަކީ އިޚްލާޞްތެރިކަމާއިއެކު ކިޔުމެވެ. އަދި މާނަ ހިތަށް ގެންނަމުން ކިޔުމެވެ. 

ލޮބުވެތި އަޚުންނާއިއ އުޚުތުންނޭވެ! ނަމާދު ނުއަޅާށެވެ! ނަމާދުކުރާއިރު ކިޔަވާ ތަކެއްޗަށް ސަމާލުކަންދީގެން ކިޔާށެވެ. މާނަ ނުއެނގޭނަމަ ކިޔާތަން ހިތަށް ގެންނަމުން ދުލުން ކިޔާށެވެ! އަދި މާނަ ދަސްކުރަން މަސައްކަތްކުރާށެވެ! 

މުސްކުޅިވެ ދަތްތައް ފޭބުމުގެ ކުރިން ކުރަން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ތަޖްވީދުމަގުން ރިވެތިކޮށް ޤުރްއާން ކިޔެވުމެވެ. ދަތޮކޮޅުފޭބުމުން އެކަމެއް ނުކުރެވޭނެއެވެ. ފުރިހަަމ ޞިއްޙަތުގައި ސަލާމަތުންހުރެ އެކަން ނުކުރެވުމަކީ ފަހުން އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއްކަންތަކެވެ. 

ދަތުރަކު ގޮސް އުޅުނަސް ނަމާދު ނުއަޅާށެވެ! ދަތުރުވެރިންނަށް ވަނީ ލުއިތައް ދެއްވަވައިފައެވެ. މިޘާލަކަށް މާލޭގައި ދިރިއުޅޭ މީހަކު ޗުއްޓީއަށް އަމިއްލަ ރަށަށް ގޮސްހުންނައިރު އެމީހަކަށް  ދަތުރުވެރިޔާގެ ނަމާދު ކުރެވޭނެއެވެ. ވީމާ ލުއިފަސޭހަ ގޮތުގެ ބޭނުން ހިފުމަކީ މައްސަލައެއް ނޫނެވެ. 

މަޢުޅުމާތު:  ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.

 

 

މިއަދު އޮންލައިން