"ޔާ ﷲ! މިއަޅާއަށާއި ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތި ޙާލުގައި ޖެހިފައި ތިބި އެންމެންނަށް ރަހްމަތް ލައްވަވާނދޭވެ! ފަޤީރުވުމުގެ ސަބަބުންނާއި އެނޫންވެސް ގޮތްގޮތުން ނިކަމެތިކަން ލިބިފައިވާ މީހުންގެ ބޭނުންތައް ފުއްދަވައިދެއްވެވުން އަވަސްކޮށްދެއްވަވާނދޭވެ! އަދި އެކި ގޮތްގޮތުން އަނިޔާ ލިބެމުންދާ މީހުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކުރައްވަވާނދޭވެ!
ތަފާތު ސަބަބުތައް މެދުވެރިވެ ބޯހިޔާވަހިކަން ގެއްލި އަދި އެމީހުން އެންމެ ލޯބިވާ މީހުންނާއި ވަކިވާން ޖެހިފައިވާ ޖެހިފައިވާ މީހުންނަށް ރަޙުމް ކުރައްވަވައި އެމީހުންގެ ޙާލަތަށް އެހީތެރިވެވޮޑިގެން ދެއްވަވާނދޭވެ! އެމީހުންގެ ހިތްތަކަށް ލިބިފައިވާ ހާސްކަން ފިލުއްވަވައި ދެއްވަވައި ހިތްވަރު އިތުރުކޮށްދެއްވަވާނދޭވެ! މާޔޫސް ކަމުގެ ބަދަލުގައި އެމީހުންނަށް އުންމީދު އައުކޮށްދެއްވަވާނދޭވެ! އާމީން
ހަމަ ކޮންމެ މީހަކުވެސް މިފަދަ ޢިބާރާތްތަކުން ދުޢާކުރުމަކީ އޮތްކަމެކެވެ! ދުޢާ އަކީ ޙާލަތު ބަދަލުކޮށްދެއްވުމުގެ ތަޅުދަނޑިއެވެ! ތިމާއަށް އެކަނި ދުޢާކުރުމުގެ ބަދަލުގައި ވީހާގިނަ ބައަކު ހިމަނައިގެން ދުޢާކުރާށެވެ. މުސްލިމް އަޚާއަށް ނުއަންގައި އޭނާގެ މައްޗަށް ހެޔޮދުޢާކުރުމުން މަލާއިކަތުން އާމީންވިދާޅުވާނެތެވެ. އަދި ދުޢާކުރި ކަންތައް ހަމަ އެމީހަކަށް ހިންމަވައި ދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ.
Abu Darda reported: The Messenger of Allah, peace and blessings be upon him, said,
“No Muslim servant supplicates for his brother behind his back but that the angel says: And for you the same.”
Source: Ṣaḥīḥ Muslim 2732
Grade: Sahih (authentic) according to Muslim
--އިސްލާމީ ތިލަފަތުގެ ދަރުސަކުން