މީހެއްގެ ކިބައިގަ ހުންނަ ނުރަނގަޅު ސިފައަށް ކަންބޮޑު އޭނާގެ ވާހަކަ ދެއްކުމުގެ ކުރިން ތިބާގެ ކިބައިގަ ހަމައެސިފަތައް ހުރި މިންވަރަށް ވިސްނާލުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މީހެއްގެ ކިބައިގަ ހުންނަ ނުރަނގަޅު ސިފައަށް ކަންބޮޑު އޭނާގެ ވާހަކަ ދެއްކުމުގެ ކުރިން ތިބާގެ ކިބައިގަ ހަމައެސިފަތައް ހުރި މިންވަރަށް ވިސްނާލުން މުހިންމު!

ގިނަ ބައަކު އެހެންމީހުން ފާޑުކިޔައެވެ. މީހުންގެ ކިބައިގަ ހުންނަ ނުބައި ސިފަތަކުގެ ވާހަކަތައް ދައްކައެވެ. މީހުންނަށް ފާޑުކިޔައި ނެތިމޮށުމުން ލިބޭނީ ޢަޛާބެވެ! ތިމާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! އަދި އެއީ ތިމާ ދުނިޔޭގައިހުރެ ބުރަ މަސައްކަތުން ކުރި ހެޔޮ ޢަމަލުތައް ތިމާގެ ނުރުހުމުގައި ތިމާގެ އަތުން އަތުލެވި އެހެން މީހުންނަށް ދެއްވަވާނެ ކަމަކަށް ވެއްޖެނަމަ އާޚިރަތް ދުވަހު އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ ހެޔޮ އަމަލުކޮށް ހެޔޮކޮށް ހިތުމަކީ އެކަމުގެ ޘަވާބު ނުލިބި ނުދާނެ ކަންކަމެވެ! އެކަންކަން ކުރުން ގިނަކުރާށެވެ!

ތިމާއަށް ކުރެވޭ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެ މީހަކަށެވެ! އެހެން މީހުންނަށް ފާޑުކިޔުމުގެ ކުރިން ތިމާ އެހެން މީހުންނަށް ފާޑުކިޔާ ކަންކަން ތިމާއަށް ކުރެވޭ މިންވަރު ނުވަތަ އެ ސިފަތައް ތިމާގެ ގައިގައި ހުރި މިންވަރު ދެނެގަންނާށެވެ! އެހެން ޢިބާރާތަކުންނަމަ އެހެން މީހުންކުރާ ކަންކަމަށް ފާޑުކިޔުމުގެ ކުރިން އެމީހާގެ ކިބައިގައި ހުރެގެން ތިމާ ތިއަ ކަންބޮޑުވާ ސިފަތައް ތިމާގެ އަމިއްލަ ގައިގައި ހުރި މިންވަރަށް ވިސްނާލަމުހެއްޔެވެ؟

އެކަން ބަލަން ފެށިއްޖެނަމަ ޢަމަލުތައް ކުރެވޭ ޢަމަލުތައް ބަދަލުވެ ތިމާ ކުރާ ޙެޔޮ ޢަމަލުތަކުން ބަދަލުދޭން ނުޖެހި ސުވަރުގެއާއި ދިމާއަށް ދެވުން ގާތްކަމަށް ދެކެގެން މަސައްކަތްކުރާށެވެ! އެކަމަށް ޔަޤީންވެސް ކުރާށެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން