އަޅުގަނޑަކީވެސް ވަރަށް ގިނައިން ދުޢާކުރާ މީހަކީމެވެ. ވީހާ ގިނަ ދުޢާތައް ކުރަން ވަރަށް ބޭނުންވެއެވެ. އެހެންވެ ކޮންމެ ދުވަހަކު ކުރަން ރަނގަޅު ދުޢާއެއް ބުނެދެއްވަފާނަންތޯ؟
މިފަދަ ސުވާލުތައް ކިޔުންތެރިންގެ ފަރާތުން ލިބެމުން އަންނާތީ ބުނަމެވެ. ކީރިތި ޤުރްއާނާއި ޙަދީޘްފުޅުން ޘާބިތުވާ ކޮންމެ ދުޢާއަކީވެސް މުހިންމު ދުޢާއެކެވެ. އެހެންކަމާއިއެކުވެސް މިބަޔާންކުރަނީ މުހިންމު ދުޢާތަކުގެ ތެރެއިންވެސް މުހިންމުކަންބޮޑު ދުޢާއެކެވެ.
މިދުޢާ އަކީ ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ މެތިވެރި އިންސާނާ، އަދި އެންމެ މަތިވެރި ބައްޕަ ރަސޫލް (ﷺ)) އެކަލޭގެފާނުގެ ދަރިކަނބަލުން ސުވަރުގޭގެ އަންހެން ބޭކަނބަލުންގެ ރާނީ ފާޠިމަތުގެފާނަށް އުގަންނަވައި ދެއްވެވި ދުޢާއެކެވެ.
ރަސޫލް (ﷺ) އުނގަންވައި ދެއްވަވާ ކޮންމެ ދުޢާއަކީ އިތުރު އެކަލޭގެފާނު ވެސް ކުރައްވަވަމުން ގެންދަވާ ދުޢާއެކެވެ. ވީމާ އަހަރެމެން ކޮންމެ މީހަކުވެސް ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު މިފަދަ ދުޢާތައް ކުރަންވާނެއެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އެދި ދަންނަވަންވާނެއެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅާއި ނުލައި ޙާޞިލުކުރެވޭނެ އެއްވެސް ކަމެއް ނުވެއެވެ.
"އެސްފިޔަ ޖަހާހައި ކުޑަހިނދުކޮޅަކަށްވެސް މިއަޅާގެ ނަފްސަށް މިޢާ ދޫކޮށް ނުލައްވަވައިފާނދޭވެ!" މިފަދައިން ދުޢާކުރަން ޖެހެނީ އަހަރެމެންނަކީ އެއްވެސް އާރެއް ބާރެއް ލިބިގެންވާ ބައަކު ކަމުގައި ނުވާއިރު އެންމެ ހިނދުކޮޅަކަށްވެސް ﷲ ތަޢާލާ އަހަރެމެން ދޫކޮށްލައްވަވައިފިނަމަ އަހަރެމެންނަށް ލިބިގެންދާނެ ގެއްލުންތަކުން ސަލާމަތްވެތިބުމަށެވެ.
- އިމާމް ޢުމަރު ސުލައިމާން
މިދުޢާއަކީ ރަސޫލް (ﷺ)، ދަރިނކަނބަލުން ފާޠިމަތުގެފާނަށް ކޮންމެ ދުވަހަކު ހެނދުނާއި ޙަވީރު ނުކުރައްވަވައި ދޫކޮށް ނުލައްވަވަން ޙަދީޘްފުޅު ކުރެއްވެވި ދުޢާއެކެވެ!
يا حَيُّ يَا قَيَّومُ بِرَحْمَتِكَ أَسْتَغِيثُ أَصْلِحْ لِي شَأنِي كُلَّهُ ولاَ تَكِلْنِي إلى نَفْسِي طَرْفَةَ عَي
ދުޢާގެ މާނައީ:
"އޭ ދިރިދެމިވޮޑިގެންވާ އިލާހްއެވެ! އޭ ޤާއިމްވެވޮޑިގެންވާ އިލާހްއެވެ! އިނބަ ﷲ ގެ ރަޙްމަތަށް މިއަޅާ އެދި ދަންނަވަމުއެވެ. މިއަޅާގެ ހުރިހާކަމެއް މިއަޅާއަށްޓަކައި ޞުލްޙަކޮށްދެއްވަވައިފާނދޭވެ. އަދި އެސްފިޔަ ޖަހާހައި ކުޑަހިނދުކޮޅަކަށްވެސް މިއަޅާގެ ނަފްސަށް މިއަޅާ ދޫކޮށް ނުލައްވަވައިފާނދޭވެ!"
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު