ބައެއް ފަހަރަށް މިގޮތަށް އޭނަގެ ހިތުގައި މިކަން މިހެން އޮތުމުގެ ސަބަބުން އެކަން އެއީ ރުޅިވެރިކަމަކަށް ބަދަލުވެގެން އެބަދޭ. އަދި ބައެއް ފަހަރަށް އޭގެ ސަބަބުން ލޮބުވެތި އަޚުން، އޭނައަށް ވަރަށް ނުރައްކާތެރި ކަންތައްތައް، ސިޙުރު ހެދުމާއި އޭނާގެ ދުވަސް ދުއްވާލަން ކުރެވެންއޮތްހާ ކަމެއް ކުރުން ފަދަ ކަންތައްތައް ބައެއް މީހުން ކުރޭ.
އަޅުގަނޑަށް މީގެ ދެތިން ދުވަސް ކުރިން ޒުވާނަކު ކިޔައިދެނީ، އޭނާ ކަންތައްތައް ކުރުމަށް އޮފީހުގަ މަސެއްކަތްތައް ކުރުމަށްވެސް ފޫހިވަނީ. އޭނާ މިހާރު ކޯސްގެ އެސައިމެންޓްތައް ހަދަންވެސް ފޫހިވަނީ. ހަމަ އެކި ކަންކަމަށް ހަމަ އެއްވެސް ކަހަލަ ޝައުޤުވެރިކަމެއް ނުހުރޭ. އެހެންނަމަވެސް ކުރިން ވަރަށް ބަރާބަރަށް، ވަރަށް ރަނގަޅަށް މަސެއްކަތް ކުރަމުން ދިޔަ ކުއްޖެކޭ ތިމަންނައަކީ މީ. ތިމަންނަ މިއުޅުނު ގޭގަ، އެގޭގަ އުޅުނު މީހާ ތިމަންނަ ކައިރީ ބުންޏޭ މަތީ ފްލޯއެއްގައި ދައްތައަކު އިންނާނޭ، އެދައްތަ ދޭނޭ ތަވީދެއް. އެ ތަވީދު ހިފައިގެން އައިސްބަލާށޭ. އެ ތަވީދު ހިފައިގެން އައިސްބަލާށޭ. ތަވީދު ބަލާ ގޮއްސަ ހިފައިގެން އައީމަ ދައްތައާ ހަވާލުކުރަން، އޭނަ އެ ދިރިއުޅޭ ގޭގެ ދައްތައާ ހަވާލުކުރަން ދިޔައީމަ މި ބުނަނީ މިގަޑީގަ ތީގައެއް ނުހިފޭނޭ، ކޮށްކޮގެ ވޮލެޓަށް ލާފަ ބާއްވާށޭ. އެހިސާބުން ދެން ތިމަންނަ ދެތިން ދުވަސް ފަހުން އަނެއްކާވެސް ހަނދާންވީމަ ދައްތަ އަތަށް ދިނީމަ މި ބުނަނީ ބާއްވާށޭ އަދިވެސް. މިހެން ގޮސް އެއްގޮތަކަށްވެސް އެއާ ހަވާލު ވާކަށް ބޭނުނުމެއް ނުވި. އެންމެ ފަހުން އެކުއްޖާއަށް ބަދަލުތައް މި އަންނަނީ. އޭނައަށްވެސް އަމިއްލައަށް އިޙްސާސްވެސްޖެ ގޯހެއް އެބައުޅޭކަން. އޭނާ އެ ނަގާފަ އެއްލައިލީ، އެއްވެސް ވަރަކަށް އެއާ ބެހޭގޮތުން މަޢުލޫމާތު، ކިހިނެއްތޯ މިކަންކަމަށް ރުޤުޔާ ކުރަނީ، އެފަދަ މަޢުލޫމާތެއްވެސް ހޯދުމެއް ނެތި، ޒުވާން ކުއްޖެއްވީމަ އެހާ ބޮޑަކަށް މިކަހަލަ މަޢުލޫމާތުތަކެއް ނެތި އެ ނަގާފަ އޭނަ އެއްލައިލައިފި.
ލޮބުވެތި އަޚުން، ދަންނަވަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެންގެ ތެރޭގަ މިފަދަ ކަންތައްތައް އެބަ ހިނގައޭ. ތިމާގެ ދަރި ނޫން އެހެން މީހެއްގެ ދަރިއެއް، އެ ވަރިހަމަ ތިމާގެ ބޮޑުދައިތަ ކަމުގަ ވީނަމަވެސް، ނުވަތަ ތިމާގެ ގާތްތިމާގެ މީހެއް ކަމުގައި ވީނަމަވެސް، އެމިހާގެ ދަރި ތިމަންނަގެ ދަރިއަށްވުރެ މޮޅު ވެއްޖެއްޔާ އެބަ ޙަސަދަލާ. އޭނާގެ ކިޔެވުން ހަލާކު ކޮށްލުމަށް ސިހުރު ހަދާ، ސިހުރު ކާންދީ މިފަދަ ބައެއް ކަންތައްތައް އެބަކުރޭ، ޙަސަދަވެރި ކަމުގެ ސަބަބުން. އަދި އޭގެން އަސަރު ނުކޮށްފިކަމުގައި ވާނަމަ އެމީހާގެ ހިތުގަ އޮންނަ އިޙްސާސްގެ ސަބަބުން ރުޅި ގަދަވެގެންގޮސް ބައެއް ފަހަރަށް އަތުން ފައިން ގޯސް ހެދޭތަން އެބަ އާދޭ. އެހެންމަ މިކަންކަމަކީ އަޅުގަނޑުމެން އެއާ ދޭތެރޭގަ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންތައްތައް.
- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން