މިއޮތީ ޢަމަލުކޮށްފި ކޮންމެ މީހަކަށްވެސް ﷲ ތަޢާލާގެ ރައްކާތެރިކަން ލިބި އެމީހާ އެދޭހާ ކަމެއް ޙާޞިލުކުރެވޭނެ އަޅަކަށް ވެވޭނެ މަގު-!: ޑރ. މުޙައްމަދު ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
މިއޮތީ ޢަމަލުކޮށްފި ކޮންމެ މީހަކަށްވެސް ﷲ ތަޢާލާގެ ރައްކާތެރިކަން ލިބި އެމީހާ އެދޭހާ ކަމެއް ޙާޞިލުކުރެވޭނެ އަޅަކަށް ވެވޭނެ މަގު-!: ޑރ. މުޙައްމަދު ޞާލިޙް

ކޮންމެ މީހަކުވެސް އެންމެ އެދޭނެ ކަންކަމަކީ ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބުމާއި އެމީހަކު އެދޭކަންކަން ހިންމަވައި ދެއްވެވުމެވެ! މިކަންކަމަށް ބޭނުން ނުވާނެ އެއްވެސް މީހަކު ނުހުންނާނެއެވެ.

ލޮބުވެތި އަޚުންނާއި މި ދެކަންތައްވެސް ޙާޞިލުކުރަން އެދޭ މީހާ އަމަލުކުރަންޖެހޭ ކަންކަން ﷲ ތަޢާލާ ވަނީ އަންގަވައިދެއްވަވައިފައެވެ! އެއީ ފަރުޟުތައް އަދާކުރަމުން ސުންނަތް އަޅުކަންކުރުން ގިނަކުރުމެވެ!

ސުންނަތް އަޅުކަންކުރާ މީހާ އެކަން އެކުރަނީ އެމީހެއްގެ ހިތުގައި ﷲ ތައާލާއަށް އޮންނަ ލޯބީގެ ބޮޑުކަމުންނެވެ! ﷲ ތައާލާ އާއި ކުއްތަންވުމަށް އެދޭ މިންވަރު ބޮޑުކަމުންނެވެ. އެފަދަ މީހުންނާއި ﷲ ތަޢާލާ ކުތައްންވެވޮޑިގަންނަވާނެ މިންވަރު އެނގޭ ހެއްޔެވެ؟ އޭނާގެ ކަންފަތަށް އިވޭ އަޑު ކަމުގައާއި ލޮލަށް ފެންނަ ފެނުމަކީ ވެސް ﷲ ގެ މަތިވެރިކަން ކަމުގައިވުމާއި ހަމައަށް އަދި އަތް ދިއްކޮޅްލައިފިނަމަ އަތްފޯރާފަށަށް ﷲ ތަޢާލާގެ ރަޙްމަތް ކުއްތަންވާނެތެވެ. މާނައަކީ އެމީހަކު އެދޭހައި ކަމެއް ފުއްދަވައި ދެއްވަވާ އަޅަކަށް އެމީހާ ވެގެންދާނެ ކަމެވެ.

ވީމާ މި ނިޢްމަތްތަކަށް އެދޭ މީހާ ސުންނަތް އަޅުކަން ކުރުން ގިނަކުރާށެވެ! ރަވާތިބު ސުންނަތާއި ވިތުރި އާއި ދަމުނަމާދާއި ޟުޙާ ނަމާދާއި އެހެންވެސް ސުންނަތް ނަމާދުތައް ގިނަކޮށް ﷲ ތަޢާލާއަށް ސަޖިދަކުރުް ގިނަކުރާށެވެ!

މީހަކު ދެކެ ލޯބިވުމުން އެމީހާ ރުއްސަން ހަދިޔާތައް ދިނުން ގިނަކުރަމުއެވެ! މީސްތަކުންގެ ކިބައިން ﷲ ތައާލާ އެއްވެސް ހަދިޔާއަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. ހަމައެކަނި ބޭނުންފުޅުވެވޮޑިގެންވަނީ މީސްތަކުންގެ ކިޔަމަންތެރިކަމާއި ތަޤްވާވެރިކަން އިތުރުކުރުމަށެވެ! އެއީ ވެސް އެކަމުން ﷲ ތަޢާލާއަށް އެއްވެސް މަންފާއަކަށް ބޭނުންފުޅުވެވޮޑިގަންނަވާތީއެއް ނޫނެވެ! އެކަމުންވެސް މީސްތަކުންނަށް ރަޙްމަތް އިތުރުކޮށް ދެއްވެވުމަށެވެ! އެކަމުންވެސް އެނގިގެންދަނީ މީސްތަކުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ!

ވީމާ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެކަން ޙާޞިލުކުރެވިއްޖެ ނަމަ އެމީހަކު ވާނީ ﷲ ތަޢާލާގެ ރައްކާތެރިކަން ފުރިހަމައަށް ލިބިގެންވާ އަދި އެމީހަކު އެދޭހައި ކަމެއް ފުއްދަވައި ދެއްވަވާ އަޅަކަށެވެ! އެއަށްވުރެ ބޮޑު ނިޢްމަތަކީ ކޮބައި ހެއްޔެވެ؟

--ޑރ. މުޙައްމަދު ޞާލިޙްގެ ދަރުސަކުން

މިއަދު އޮންލައިން