ނަރަކައަށް ބިރުވެތިވެ ސުވަރުގެއަށް ޝައުޤުވެރިވާން ހަމައެކަނި މިބަސްކޮޅުވެސް ފުދޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ނަރަކައަށް ބިރުވެތިވެ ސުވަރުގެއަށް ޝައުޤުވެރިވާން ހަމައެކަނި މިބަސްކޮޅުވެސް ފުދޭނެ! އިން ޝާ ﷲ

ފާފަތައް ކުރެވެނީ ޤިޔާމަތް ދުވަހާއި އަދި ނަރަކައާއި ސުވަރުގެއާއި މެދު ވިސްނައިލެވެނީއެވެ. ޤިޔާމަތްވުމަށްފަހު ދެން ކުރިމަތިލާންޖެހޭ ޙަޔާތަކީ ނިމުމެއް ނެތް ޙަޔާތެއްކަން ހިތަށް ނުގެނެވޭނެތީއެވެ. 

މާނައަކީ ޤިޔާމަތްވުމަށްފަހު އެއްވެސް މީހަކު މަރެއް ނުވާނެއެވެ. އަރާމާއި ހިތްހަމަޖެހުން ލިބެން އޮތީ ހަމައެކަނި ސުވަރުގޭގައެވެ. ނަރަކައިގައި ތިބެންޖެހޭ މީހުންނަށް ޢަޛާބު ލުއިވާނެ ވަޤުތެއް ނެތެވެ. ނުވެސް ނިދޭނެއެވެ. ޖެހޭނީ ހަމަ ޢަޛާބް ލިބިލިބި ތިބޭށެވެ!

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!   

ސުވަރުގެ:  ސުވަރުގޭގައި އިންސާނާގެ ލޮލަށް ފެނިފައިނުވާ ކަންފަތަށް އަޑުއަހާފައިނުވާ ހިތަށް ތަސައްވުރު ކުރެވިފައިނުވާ ބޮޑެތި ނިޢުމަތްތައް ލިބިގެން ދާނެ. (އެމީހަކު ހިތަށް އެރުވި ކޮންމެ ކަމެއް ފުދިގެންދާނެ) 

ނަރަކަ: ނަރަކައިގައި ވޭންދެނިވި ޢަޛާބު ލިބޭނެ ނަރަކައިގެ އަލިފާން ގަނޑަކީ ދުނިޔޭގެ އަންދާ އަލިފާނަށްވުރެ 70 ގުނަ ހޫނުކަން ގަދަ އަލިފާންގަނޑެއް. ކަރުހިއްކައިގަތީމާ ބޯންދޭނީ ގައިން އޮހޮރޭ ފާދިޔަ ކެކިކެކި ހުންނަ ހޫނު ފެނަށްލާ އެއްކޮށްފައި. އޭތިބުއިމުގެ ކުރިން މޫނާއި ކައިރިކޮށްލާއިރަށް މޫނު ގެ މަސްތައް ވިރިގެން ދާނެ. ބުއިމާއެކު ގޮހޮރު ވިރިގެންދާނެ. މިގޮތުގައި ޢަޛާބު ލިބިލިބި ހުންނާނެ. ނަރަކައިން ނިކުންނަން ދިމާކުރިޔަސް އެތަންހުންނާނީ ތަޅުލެވި ބޮޑު ތަންޑު އެޅިފައި. އެގޮތަށް މަސައްކަތްކުރާ ކޮންމެވަގުތެއްގައި އަނބުރާ ނަރަކައިގެ ތެރެޔަށް ހޫރާލެވޭނެ. 

-  ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.

 

 

 

މިއަދު އޮންލައިން