ކޮންމެ މީހަކަށްވެސް އަދި ދެމަފިރިއަކަށްވެސް އެނގުން މުހިންމު ކަންތައްތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކޮންމެ މީހަކަށްވެސް އަދި ދެމަފިރިއަކަށްވެސް އެނގުން މުހިންމު ކަންތައްތަކެއް!

އަޅުގަނޑުމެންގެ ތެރޭގައި އިސްލާމް ދީނާއި ޚިލާފް ނުވަތަ ދީން ހުއްދަނުކުރާ އެތައް ކަންތައްތަކެއް ދަނީ ފެތުރެމުންނެވެ. ގިނަބައަކަށް ބައެއް ކަންކަން ކުރެވެނީ ނުއެނގުމުގެ ތެރޭގައެވެ. އެނގިތިބެގެންވެސް އެބަ ކުރެއެވެ. ނާޖާއިޒު ފައިދާ ނަގަން ދައްކާ ދޮގު ވާހަކަތަކަށް ހެއްލެވިގެންވެސް ކަންކަން އެބަކުރެވެއެވެ. 

ތިރީގައި މިބަޔާން ކުރަނީ ކޮންމެ މީހަކަށްވެސް އަދި ދެމަފިރިއަކަށްވެސް އެނގުން މުހިންމު ކަންތައްތަކެކެވެ! އެނގޭށެވެ! ހޭލުންތެރިވާށެވެ! އެންމެ މުހިންމީ އާޚިރަތް ލިބިގަތުމެވެ.

ސުވާލު:. ކައިވެނި ނުކޮށް އެހެންމީހެއްގެ ދެވަނަ އަންހެނެއްގެ ގޮތަށް ހުރެވޭނެތަ؟ އަދި އެފިރިހެންމީހާ ބުނީ ތިމަންނަ ހުރިހާ ޚަރަދެއް ވެސް ކުރާނެ ކަމަށް. އިސްލާމްދީނުގައިމިކަން އޮންނަގޮތް  ބުނެދީފާނަންތޯ؟ 

ޖަވާބު:. ކައިވެނި ނުކޮށް އަތްބަކަށް ނުވެވޭނެ. 

އިތުރު ބައެއް ސުވާލު: 

ސުވާލު:. ދޮށީ އަނބިމީހާއަށް ހަގު އަނބިމީހާ ވަރިކުރުމަށް އެދި  ފިރިމީހާއަށް މަޖުބޫރު ކުރެވިދާނެތޯ؟ އެއީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ؟ 

ޖަވާބު:. ނުކުރެވޭނެ. އެއީ ބޮޑު ނުބައެއް. 

ސުވާލު:. އަނބިމީހާ ފިރިމީހާގެ ހުއްދަހޯދައިގެން ހުއްދައާއިއެކު ހިލޭ ފިރިހެނަކާއި ގުޅުން ބޭއްވުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

ޖަވާބު:. ހުއްދައާއި އެކުވިޔަސް އަދި ނޫންވިއަސް އެއީ ހުއްދަ ކަމެއްނޫން.

ސުވާލު:. ރައްޓެހިވެގެން އުޅޭ ކުއްޖާއާއިއެކު ޖިންސީ ގުޅުމެއް ހިންގާފައިވެސް ފެންވަރާނީ .... ދެމަފިރިންވެސް ފެންވަރާ ގޮތަށްތަ؟ 

ޖަވާބު:. ފުރަތަމަ ކަމަކީ ރައްޓެހިވެގެން އުޅުމެއް ނެތެވެ. އަދި ޒިނޭ ކުރުމަކީވެސް ބޮޑުފާފައެކެވެ. ވީމާ، ތިޔަ ދެކަންތަކުން ތައުބާވާން ޖެހެއެވެ. ތިޔަފަދަ މުޑުދާރު ކަމެއް ކުރެވުނު ނަމަވެސް ޖުނުބުގެ ހިނެއުން ހިނައިގަންނަން ވާނެއެވެ.

 

-  ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް. 

މިއަދު އޮންލައިން