އަހުރެންގެ ހިތުންވެސް ސިކުނޑިންވެސް އެއްވެސް ޖާގައެއް ނުދޭން ނިންމާފައިވާ ބައަކުވެއެވެ. އެއީ އަހުރެންނާއިމެދު ބޭކާރު ވާހަކަދައްކައި އަހުރެން ރުޅިއަރުވަން މަސައްކަތްކުރާ މީހުންނެވެ. އަހުރެންގެ ހިތުގައި ޖައްސުވަން މަސައްކަތްކުރާ މީހުންނެވެ. އެއީ ކިތަންމެ ގާތް ބައެއް ނަމަވެސްމެއެވެ.
މިބުނަނީ އެފަދަ ކަންކަންކުރާ ޢާއިލާގެ މީހުންނާ ގުޅުން ކަނޑާލައި ޙަސަދަވެރިވާ ވާހަކައެއް ނޫނެވެ. އެމީހުން ކުރާ ކަމަކަށް ނުވަތަ ބުނާ ވާހަކައަކަށް ކަންބޮޑުނުވާނެ ވާހަކައެވެ. ސަމާލުކަންވެސް ނުދޭނެ ވާހަކައެވެ.
"އޭނާ މިހެން ބުނި، އަހުރެން ވަރަށް ހިތުގައި ޖެހުނު" ފަދަ ވާހަކަތައް ދެއްކޭނަމަ ހިތާއި ސިކުނޑިން އެވަނީ އެއްވެސް ވަރަކަށް ޖާގަދީގެން ނުވާނެ މީހުންނަށް ޖާގަދެވިފައެވެ. އެފަދަ ކަންކަމަށް ވިސްނުމަކީ އަމިއްލައަށް އުފުލޭ ވަރަށް ބޮޑު ބުރައެކެވެ. އެފަދަ މީހުންނަށް ޖާގަދީ އެބުރަ އަހުރެން އުފުލަންވީ ކީއްކުރަން ހެއްޔެވެ؟
އެއިގެ ބަދަލުގައި ކިތަންމެ ބޮޑު ބުރައެއް އުފުލައިގެންނަމަވެސް ވިސްނަންވީ ﷲ ތަޢާލާ އާއިމެދުގައެވެ. ވީހާގިނައިން އަޅުކަންކުރުމާއިމެދުގައެވެ. އާޚިރަތް ކާމިޔާބުކުރެވޭނެ ގޮތާއިމެދުގައެވެ. ދުނިޔޭގެ ދިރިއުޅުން ކުރިއެރުވޭނެ ގޮތާއިމެދުގައެވެ. އަހުރެން މަސައްކަތްކުރަނީވެސް ބުރަ އުފުލަނީވެސް އެކަންކަމަށެވެ.
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން