އެންމެ 4 މިނިޓުން ތިމާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވައި އަދި އެންމެ މުއްސަނދި މީހަކުކަމުގައި ޤިޔާމަތްދުވަހު ވެވެން އޮތް ޛިކުރް! ނުކޮށް ފަރުވާކުޑަކުރަން ހެޔޮވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެންމެ 4 މިނިޓުން ތިމާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވައި އަދި އެންމެ މުއްސަނދި މީހަކުކަމުގައި ޤިޔާމަތްދުވަހު ވެވެން އޮތް ޛިކުރް! ނުކޮށް ފަރުވާކުޑަކުރަން ހެޔޮވާނެތަ؟

ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިތިބެންޖެހޭނެއިރު ހެޔޮކަމުގެ ގޮތުން އެންމެ މުއްސަނދިމީހާކަމުގައިވާން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ އަހުރެންނަށް ޔަޤީންކުރެވޭ ގޮތުގައި ކޮންމެ މުސްލިމަކުވެސް އެކަން ބޭނުންވާނެއެވެ. 

ދެން އޮތް ސުވާލަކީ ހެނދުނު އެންމެ 2 މިނިޓް، ހަވީރުވެސް އެންމެ 2 މިނިޓް އިރުގެ ވަޤުކޮޅެއް ނުހޯދޭނީ ކާކަށް ހެއްޔެވެ؟ އަހުރެންނަށް ޔަޤީންކުރެވޭ ގޮތުގައި ކޮންމެ މީހަކަށްވެސް އެހައި ކުޑަކުޑަ ވަޤުތުކޮޅެއް ހޯދޭނެއެވެ. 

ދެން އޮތީ ކުރަން އޮތް ކަންތަކެވެ. އެކަމަކީ ހެނދުނުވެސް އަދި ހަވީރުވެސް މަދުވެގެން 100 ފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ ޛިކުރުކުރުމެވެ. ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެކަންކުރި މީހަކަށްވުރެ މުއްސަނދިކަން ބޮޑުވާނީ އެމީހަކަށްވުރެ ގިނައިން އެކަލިމަ ޛިކުރްކުރި މީހެކެވެ.

(ޞަޙީޙް މުސްލިމް: 2692 ބައްލަވާ) 

މީގެ އިތުރުން މިފަދައިން ޛިކުރުކުރުމަކީ އެމީހަކަށް ކުރެވިފައިވާ ފާފަތައް ކަނޑުގެ ފޮނުހައި ގިނަ ނަމަވެސް ފުއްސަވައި ދެއްވަވާނެ ޢަމަލެކެވެ. (ޞަޙީޙް ބުޚާރީ: 6405 ބައްލަވާ)  

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާއަކީ ކާމިޔާބު މީހަކަށް ވެވެންހުރި މަގުތައް ބައިވަރެވެ. ޢަމަލުކުރަން ހުރި ކަންކަންވެސް ބައިވަރެވެ. އަދި ހަމައެހައިމެ ލުއިފަސޭހައެވެ. ބޭނުންވަނީ ސަމާލުކަންދީގެން އެކަންކަން ކުރުމެވެ. 

ދުޢާއަކީ އަހުރެމެންނަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތީ ދަރަޖަ ލިބިގަންނަން މަސައްކަތްކުރާ ބައަކު ކަމުގައި ލެއްވެވުމެވެ. އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން