ޔޫސުފްގެފާނާ ޖިބްރީލްގެފާނާ އޮތް ގުޅުން- ފޮތްތަކުން ފެންނަން ނެތް ކަމެއް!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޔޫސުފްގެފާނާ ޖިބްރީލްގެފާނާ އޮތް ގުޅުން- ފޮތްތަކުން ފެންނަން ނެތް ކަމެއް!: ޢުމަރު ސުލައިމާން

ޔޫސުފްގެފާނުގެ އަޚުން ޔޫސުފްގެފާނު އެބޮޑު ވަޅަށް ވައްޓލީމާވެސް އެއްވެސް ގެއްލުމެއް ލިބިވަޑައި ނުގަތީ ކީއްވެގެން ހެއްޔެވެ؟ ހެޔޮ ޙާލުކޮޅުގައި ވަޅުގައި އޮންނެވުނީ ކީއްވެގެން ހެއްޔެވެ؟ މިހުރީ އުފެދޭ ސުވާލުތަކެވެ. 

ޔޫސުފްގެފާނުގެ ސިޔަރަތު ކިތަންމެ ވަރަކަށް ކިޔައި ހެދި ނަމަވެސް ޖިބްރީލްގެފާނުގެ ވާހަކައެއް ނުފެންނާނެއެވެ. ޔޫސުފްގެފާނާއި ޖިބްރީލްގެފާނާއި އޮތް ގުޅުމެއް ވެސް ނުއެނގޭނެއެވެ. ނަމަވެސް ޖިބްރީލްގެފާނު ވަނީ ޔޫސުފްގެފާނު ހިއްޕަވައި ޔޫސުފްގެފާނު ސަލާމަތްކުރައްވަވައިދެއްވަވައިފައެވެ. 

އެއީ ޔޫސުފްގެފާނުގެ އަޚުން ޔޫސުފްގެފާނު ފެންވަޅަށް ވައްޓައިލި ވަގުތު ވަޅުގެ ފުލުންނެވެ. ޖިބްރީލްގެފާނު ޔޫސުފްގެފާނުގެ ހަށިކޮޅުގައި ހިއްޕަވައި އެތަނުގައި ބެހެއްޓެވިއެވެ. އެއީ ޔޫސުފްގެފާނަށް އެކަމުން ލިބިވަޑައިގެންފާނު އަނިޔާއަކުން ސަލާމަތްކުރެއްވެވުމަށެވެ! 

އިމާމް އަޙްމަދު ބަޔާންކުރައްވަވާފައި ގޮތުގައި 124،000 ނަބީބޭކަލުން ފޮނުއްވެވުނެވެ. އެއިގެ ތެރެއިން 315 ބޭކަލުންނަކީ ރަސޫލްބޭކަލުންނެވެ. މިއެންމެހައި ބޭކަލުންނަށްވެސް ﷲ ތަޢާލާ ވަނީ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައި އެކިކަންކަން ހިންމަވައިދެއްވަވައިފައެވެ.

 

- އިމާމް ޢުމަރު ސުލައިމާން

 

މިއަދު އޮންލައިން