އިޚްލާޞްތެރިކަމާއެކު މި 3 ދުޢާ ކުރާމީހަކަށް ބޭނުންވާނެ ހުރިހާ ކަމެއް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
އިޚްލާޞްތެރިކަމާއެކު މި 3 ދުޢާ ކުރާމީހަކަށް ބޭނުންވާނެ ހުރިހާ ކަމެއް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ! އިން ޝާ ﷲ

ބައެއް ދުޢާތަކަކީ ކޮންމެ ދުވަހަކު ކުރަންޖެހޭނެ ދުޢާތަކެއް ކަމަށް ބުނާއަޑު އަހަމެވެ. އެއީ ތެދެއްތޯ؟  

ސުވާލުކުރެއްވެވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދުޢާކުރުމަކީ ކޮންމެހެން ކުރަން ޖެހިގެން ކުރާ ކަމެއް ކަމަށް ނުދެކޭށެވެ! އެއިރުން ދުޢާކުރުމުގެ ޙަޤީޤީ މަޤްޞަދާއި މާނަވެސް އެބަ ގެއްލެއެވެ. ވީހާ ގިނައިން ކުރަން އޮތް ކަމެކެވެ. އެހެން މިބުނަނީ ދުޢާކުރުމަކީ ތިމާއަށް ކަމަކަށް ބޭނުންވުމުން އެކަން ހިންމަވައިދެއްވެވުން އެދިގެން ކުރަން އޮތް ކަމަކަށް ވާތީއެވެ. އަދި ތިމާއަށް ﷲ ތަޢަލާގެ ލޯބިވެވޮޑިގަތުން ލިބެން އޮތް ކަމަކަށްވެސް ވާތީއެވެ. ވީމާ ދުޢާކުރުމަކީ އަބަދުވެސް ކުރަން އޮތް ކަމެކެވެ. ކޮންމެހެން ދުވާލަކު އެއްފަހަރަކުވެސް ނޫނެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ.  

ކޮންމެ ދުޢާއަކީވެސް މުހިންމު ދުޢާއެކެވެ. ނަމަވެސް މިތަނުގައި އަހަރެން މިފާހަގަކޮށްލަނީ އެންމެ ބާރުގަދަ ކަމަށް އަހަރެންނަށް ފާހަގަކުރެވުނު 3 ދުޢާއެވެ! އަދި މި 3 ދުޢާއަކީ މުޞީބާތްތަކުން ސަލާމަތްވުމަށާއި ދީނުގައި ސާބިތުވެ ހުރުމުގެ ތައްފީޤް ދެއްވެވުން އެދި ކޮންމެހެން ކުރުން މުހިންމު 3 ދުޢާއެވެ.  

އެތަނުން ފުރަތަމަ ދުޢާއަކީ އެ ނުބައި ނުލަފާ އަނިޔާވެރިން އިބްރާހީމްގެފާނު އެ ބޮޑު ބިޔަ އަލިފާންގަނޑަށް އެއްލައިލަން އުޅުނު ވަގުތު އިބްރާހީމްގެފާނު ކުރެއްވެވި ދުޢާއެވެ. އެ ދުޢާގެ ސަބަބުން އެ ބޮޑު ބިޔަ އަލިފާންގަނޑަކީ އިބްރާހީމްގެފާނަށްޓަކައި އުފާވެރި ބަގީޗާއަކަށް ބަދަލުކޮށްދެއްވެވި ދުޢާއެވެ. ކުޑަކުޑަ ހިނދުކޮޅަކަށް ނޫނެވެ. އެންމެ ގަދައަށް އަންދަމުން

ދިއައިރުވެސް 3 ދުވަސްވަންދެންނެވެ. އަދި ބޮޑެތި މުޞީބާތްތަކާއި ގުޅިގެން ރަސޫލް () މިދުއާ ކުރެއްވެވިއެވެ.  

حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ 

"ތިމަންމެންނަށް، ﷲ ފުދެއެވެ. އަދި، ވަކީލް ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!" (އާލްޢިމްރާން: 173)  

މިއަދު މައްސަލައަކަށް ވެގެން މިއުޅެނީ އަހަރެމެންގެ އީމާންކަމެވެ. އީމާންކަން ކުޑަވުމުން ﷲ ތަޢާލާއަށް އިތުބާރު ނުކުރެވުމެވެ. އިތުބާރުކޮށް ސާބިތުވެވޭނަމަ މި ދުޢާގެ ފައިދާ މިއަދުވެސް ދާނީ ފެންނަމުންނެވެ.  

ދެވަނަ އަށް އަހަރެން ފާހަގަކުރާނީ ޔޫނުސްގެފާނު މަހުގެ ބަނޑުގައި ކަނޑުގެ އަޑީގައި އޮންނަވައިގެން ކުރެއްވެވި ދުޢާއެވެ!  

لا إلهَ إلا أنتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظّالِمِيْنَ 

"އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ." (އަލްއަންބިޔާ: 87) 

މިއީ އެދުޢާއެއްގެ ސަބަބުން އެބޮޑު، ބިޔަ މަހުގެ ބަނޑުން ﷲ ތަޢާލާ ޔޫނުސްގެފާނު ސަލާމަތްކޮށްދެއްވެވި ދުޢާއެވެ. އަދި ކީއްހެއްޔެވެ؟ ސަލާމަތްކޮށްދެއްވެވުމަށްފަހު ކުރިއަށްވުރެވެސް ޔޫނުސްގެފާނުގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރެއްވެވިއެވެ.  

ވީމާ މުޞީބާތްތަކުން ސަލާމަތްވެ ދަރަޖަ މަތިވެރިވުމަށް އެދޭ މީހާ މި ދުޢާކުރަމުން ގެންދާށެވެ!  

3 ވަނަ ދުޢާއަކީ:  

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِى عَلَى دِينِكَ 

"އޭ ހިތްތައް އެފުށް މިފުށަށް ފުރޮޅުއްވަވާ ރަސްކަލާނގެއެވެ! އނބަ ﷲ ގެ ދީންމަތީގައި މިއަޅާގެ ހިތް ޘާބިތުކޮށްދެއްވަވާނދޭވެ!"   

ރަސޫލް () ގެ އަނބިކަނބަލުން އުންމު ސަލަމާގެ އަރިއަހުން ރިވާވެގެންވަނީ މިދުޢާއަކީ ރަސޫލް () އެންމެ ގިައިން ކުރެއްވެވި ދުޢާފުޅު ކަމަށެވެ!  

Shahr bin Hawshab said: ‘I asked Umm Salamah (wife of Prophet Muhammad ): ‘O Mother of the Believers! What was the supplication that the Messenger of Allah () said most frequently when he was with you?’

She said: ‘The supplication he said most frequently was: ‘O Changer of the hearts, make my heart firm upon Your religion (Ya Muqallib al quloob, thabbit qalbi ‘ala deenik). She went on to say: ‘I asked him ‘O Messenger of Allah (), why do you supplicate this so frequently?’

The Prophet () replied: ‘O Umm Salamah! Verily, there is no human being except that his heart is between Two Fingers of the Fingers of Allah, so whomsoever He wills He makes steadfast, and whomever He wills He causes to deviate.’
— Authentic Hadith in Sunan At-Tirmithi. Hadith #3522  

މި 3 ދުޢާއަކީ އިޚްލާޞްތެރިކަމާއިއެކު ކުރުމުން ކޮންމެ މީހެއްގެ ވެސް ދިރިއުޅުން ބަދަލުކޮށްލާނެ 3 ދުޢާއެވެ. މި 3 ދުޢާ ކުރާމީހާއަށް ﷲ ތަޢާލާ ހިންމަވައި ނުދެއްވަވާނެ އެއްވެސް ކަމެއް ނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން