ތަނަވަސްކަމަށް އިސްކަންދީގެން ދަރިން ކައިވެނިކުރުވާފަ އެދަރިންނަށް އަނިޔާ ލިބުމުން ޝަކުވާ ކުރެވޭނެ ގޮތެއް ނިކަން ދައްކަބަލަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތަނަވަސްކަމަށް އިސްކަންދީގެން ދަރިން ކައިވެނިކުރުވާފަ އެދަރިންނަށް އަނިޔާ ލިބުމުން ޝަކުވާ ކުރެވޭނެ ގޮތެއް ނިކަން ދައްކަބަލަ!: މުފްތީ މެންކް

އިސްލާމް ދީނުގަ ކޮންމެ ކަމެއްވެސް ބަޔާންވެގެންވަނީ މީސްތަކުންނަށް އެކަމަކުން އެނެމެ ބޮޑަށް ފައިދާކުރާނެ ގޮތަށެވެ. އެކަން ޤަބޫލުކުރާ ކަމަށް ދުލުން ބުނި ނަމަވެސް ޢަމަލުކުރަނީ އެގޮތަކަށް ނޫނެވެ. އެކަން ފެނިގެންދާ އެއްކަމަކީ ދަރިންގެ ކައިވެންޏެވެ. ކައިވެނިކުރުވުމެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އެންމެ އިންސާނާ މުޙައްމަދު ، އެކަލޭގެފާނުގެ ދަރިކަނބަލުން، އެންމެ މަތިވެރި އަންހެނާ ފާޠިމަތުގެފާނުގެ ކައިވެނިފުޅު ދެއްވެވީ ޢަލީގެފާނަށެވެ. ޢަލީގެފާނުގެ އަތްޕުޅުގައި އެއްވެސް ތަނަވަސްކަމެއް އަދި ބޯހިޔާވަހިކަމެއްވެސް ނެތްޙާލުކޮޅުގައި ހުންނަވައިގެންނެވެ. ކައިވެނީގެ ރަންއަދާކުރެއްވެވީ އަތްޕުޅުގައި އޮތް އައްޑަނަކޮޅު ވިއްކަވާލައްވަވައިގެންނެވެ.

ނަމަވެސް މިއަދު އަހަރެމެންގެ ދަރިންގެ ކައިވެންޏަށް އެދިގެން މީހަކު އަތުވެއްޖެނަމަ ފުރަތަމަވެސް ބަލައިލެވެނީ އޭނާގެ ހުރި ތަނަވަސްކަމަށެވެ. އަތުގައި ހުރިފައިސާއަށެވެ. މުދަލަށެވެ. ތަނަވަސްކަން ނެތްނަމަ ކައިވެންޏަށް ޝަރުޠު ހަމަވާ ކަމަކަށް ނުވެއެވެ.  

ވިސްނާށެވެ! ރަސޫލާ ބެއްލެވީ ޢަލީގެފާނުގެ ހުރި ތަޤްވާވެރިކަމަށެވެ. އީމާންތެރިކަމަށެވެ. އަހަރެމެންގެ ދީނުގައި ބަލަން އޮތީ އެކަންކަމަށެވެ. އެކަން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެނގިތިބެ ބަލަން ބޭނުން ނުވަނީއެވެ. ނުބަލައި ކައިވެނިތައް ކުރީމާ ވަމުން މިދާގޮތަށް ނިކަން ވިސްނައިލަބަލާށެވެ.  

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ މުސްލިމުން ކައިވެނީގައި މިދޭ ރަނަށެވެ. އެއްވެސް ޙާލެއްގައި އަހަރެމެން މިދެނީ ޑައުރީއެއް ނޫނެވެ. މިކުރާ ކަމަކީ ރަމްޒީގޮތުން ފިރިމީހާއަށް ކަމެއް އަންގައިދިނުމެވެ. އެކަމަކީ ކައިވެންޏަށްފަހު އަނބިމީހާގެ ޚަރަދުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ މީހަކީ ފިރިމީހާ ކަމެވެ. ރަންދިން ފަދައިން އަނބިމީހާގެ ހުރިހާކަމަކަށް ޚަރަދުކުރަންވާނެކަމެވެ.  

ވިސްނާށެވެ! ދަރިން ކައިވެނިކުރާއިރު ތަނަވަސްކަމަށް ބަލާނަމަ ޢަމަލު އެކުރެވެނީ ދީނުގަ އޮތްގޮތާ ދިމާއިދިކޮޅަށެވެ! ކައިވެނި ރޫޅުނީމާ ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން