ދަރިފުޅުގެ އަނބިމީހާވީމާ ފިރިމީހާގެ މަންމައަށް އެހީތެރިވެދޭންޖެހޭ ފަދައިން ކެރިކުޅަދާނަކަން ހުރިވަރަކުން މަންމަވެސް އެދަރިފުޅަށް އެހީތެރިވެދޭންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ދަރިފުޅުގެ އަނބިމީހާވީމާ ފިރިމީހާގެ މަންމައަށް އެހީތެރިވެދޭންޖެހޭ ފަދައިން ކެރިކުޅަދާނަކަން ހުރިވަރަކުން މަންމަވެސް އެދަރިފުޅަށް އެހީތެރިވެދޭންޖެހޭނެ!

ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ބިނާވެގެންދާނީ ޙާލަތުގެ މައްޗަށެވެ. ވީމާ ފިރިމީހާގެ އަނބިމީހާއަށް ވީތީ ފިރިމީހާގެ މަންމައަށް ކޮށްދޭންޖެހޭނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެކަންވެސް އޮންނާނީ އަނބިމީހާގެ ޙާލަތުގެ މައްޗަށެވެ. 

އަދި އެމަންމަ ހުރީ ގަދަވެސަލާމަތުން ކަމުގައިވާނަމަ ވެވުނު ވަރަކުން އެދަރިފުޅަށް އެހީތެރިވެދޭންވެސް ޖެހޭނެއެވެ. އެކަންވެސް އޮންނާނީ ކުރިން މިބުނި ފަދައިން މަންމައަށް އުޅެންޖެހިފައިވާ ޙާލަތުގެ މައްޗަށެވެ. 

ޙާލަތުކަމަށް މިބުނަނީ އިޚްލާޞްތެރިކަމާއިއެކު އެމީހަކަށް ވެވުނު ވަރަކުން ކަންކަން ކޮށްދިނުމަށެވެ. ދަރިފުޅަށްވެސް އަދި މަންމައަށްވެސް ކަންކަން ކުރެވޭނީ އެދުވަހަކު އުޅެންޖެހިފައިވާ ޙަލަތާއި އެއްގޮތަށެވެ. 

ތިރީގައިވާ ލިޔުމަކީ ގެއަށް ގެނެވޭ ދަރިފުޅާއި މައިދައިތައާއި ދެމެދު އޮންނަންޖެހޭ ގުޅުން ވަރަށް ރަނގަޅަށް އެނގިގެންދާނެ ލިޔުމެކެވެ. އެކަކު އަނެކަކަށް ކޮށްދޭންޖެހޭ ކަންކަންވެސް އެނގިގެންދާނެއެވެ. އިން ޝާ ﷲ. 

އަޅުގަނޑުގެ މައިމިހާއަށް ކައްކައިދޭން އަޅުގަނޑުގެ އަނބިމީހާއަށް ޖެހޭނެހެއްޔެވެ؟ 

މިސުވާލަކީ ސުވާލުކުރާމީހާގެ މާލީ ތަނަވަސްކަން ހުރި މިންވަރު ނުއެނގި ޖަވާބުދެވޭނެ ސުވާލެއް ނޫނެވެ. ފުރތަމަ ކަމަކަށް ޖެހުމާއި ނުޖެހުމުގެ މައްސަލަ އިހަށް ދުރުގައި ބާއްވާށެވެ! ފުރަތަމަ ބަލަންވީ ފިރިމީހާގެ މާލީ ފެންވަރަށެވެ. އޭނާގެ ކިބައިގައި މާލީ ތަނަވަސްކަން ހުރިނަމަ މައިމީހާއަށް ކައްކައިދޭން އަނބިމީހާއަށް ޖެއްސުމެއް ނެތެވެ. އެއީ ނޯކަރުން ލައްވައި ކުރުވިދާނެކަމެކެވެ. އަނބިމީހާ ލައްވައި ކުރުވަން އޮތް ކަމަކީ މަންމަ ނަމާދުކުރޭތޯ ބެލުމާއި ނަމާދުކުރަން ހަނދާންކޮށްދިނުމާއި ދެންވެސް މަންމައަށް ބޭނުންވާ ޚާއްޞަ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. 

ދެން އޮތީ ނޯކަރަކު ގެންގުޅޭނެ ތަނަވަސްކަން ނެތުމެވެ. އެޙާލުގައި މައިމީހާއަށް ކައްކައިދޭންވާނެއެވެ. ހަމައެކަނި ކައްކައިދޭންވާނެ ކަމަށްބުނެފައި ނިންމައެއް ނުލެވޭނެއެވެ. އަނބިމީހާއަށް ބުރަނަމަ ކައްކަން އެހީތެރިވެދޭން މައިމީހާއަށް ޖެހޭނެއެވެ. އަދި ވެވުނު ވަރަކުން ދަރިންގެ ކަންކަންކޮށްދީ ގޭތެރޭގެ ކަންކަމުގައި އެހީތެރިވެދޭންވެސް ޖެހޭނެއެވެ. 

އެހިސާބުން ސުވާލެއް ކުރަން ޖެހެއެވެ. ﷲ ތަޢާލާ ނޫން ފަރާތަކަށް ސަޖިދަކުރަން އަންގަވާނެނަމަ ފިރިމީހާއަށް ސަޖިދަކުރަން އަނބިމީހާއަށް އަނގަވާނެކަމަށް އޮތް ޙަދީޘްފުޅަށް އެކަނި ބަލައިގެން ނުފުދޭނެއެވެ. އެންމެ ރަނގަޅު މުސްލިމަކީ އެމީހާގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާކަމަށް އޮތް ޙަދީޘްފުޅަށްވެސް ބަލަންޖެހޭނެއެވެ. ވީމާ ސުވާލަކީ ކަލެއަކީ ކަލެއަކީ ކަލޭގެ އަނބިމީހާއަށް ހެޔޮ މީހަކީމު ހެއްޔެވެ؟ 

ދެން ބަލައިލަންވީ މިބާވަތުގެ މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވާ ސަބަބަށެވެ. އެއީ ތަޤްވާވެރިކަމެވެ. ކަލޭގެ ކިބައިގައި ތަޤްވާވެރިކަން އެބަހުރިހެއްޔެވެ؟ އަނބިމީހާއަކީ ތަޤްވާވެރިއެއް ހެއްޔެވެ؟ ދެމީހުންނަކީވެސް ތަޤްވާވެރިން ކަމުގައިވުމަށް މަސައްކަތްކުރަމުހެއްޔެވެ؟ 

ހަމައެއާއިއެކު ވިސްނައިލަންވާނެއެވެ! ފިރިމީހާކަމަށްވުމުން ބާރުތަކާއި ވެރިކަން ލިބެނީ ޝަރުޠުތަކެއް ފުރިހަމަވުމުންނެވެ. މަސްއޫލިއްޔަތުތަކެއް އަދާކުރުމުންނެވެ. ކަލޭގެ މަސްއޫލިއްޔަތުތައް އަދާކުރަމުހެއްޔެވެ؟ 

ވީމާ ތިއަކުރާ ސުވާލަށް ފުރިހަމަ ޖަވާބެއް ދެވޭނީ މިހުރިހާ ކަންކަމަށް ރިޢާޔަތްކުރެވިގެންނެވެ. ތިއައީ އެހައިފަސޭހައިން އާނއެކޭ ނޫނީ ނޫނެކޭ ބުނެ ޖަވާބުދެވޭނެ ސުވާލެއް ނޫނެވެ.

 

- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން