އެއްވެސް މީހަކު ތިބާއާމެދު ދޮގު ފަތުރައި ފަޟީޙަތްކޮށް ދެރަދޭން އުޅޭނަމަ އެއީ ތިބާއަށް ﷲ ދެއްވެވި ވަރަށް ބޮޑު ނިޢްމަތެއް! ޝުކުރުވެ ޙަމްދުކުރީމާ ލިބޭ ފައިދާ މާބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެއްވެސް މީހަކު ތިބާއާމެދު ދޮގު ފަތުރައި ފަޟީޙަތްކޮށް ދެރަދޭން އުޅޭނަމަ އެއީ ތިބާއަށް ﷲ ދެއްވެވި ވަރަށް ބޮޑު ނިޢްމަތެއް! ޝުކުރުވެ ޙަމްދުކުރީމާ ލިބޭ ފައިދާ މާބޮޑުވާނެ!: މުފްތީ މެންކް

ޢާއިލާގެ މީހަކު ނަމަވެސް އެކުވެރިއެއް ނަމަވެސް އަދި އެއީ ކޮންމެ މީހަކު ނަމަވެސް ތިބާއާއިމެދު ދޮގު ވާހަކަތައް ދައްކައި ދޮގު މައުލޫމާތު ފަތުރައި އަދި ތިބާއަށް ނުބައި ބަސްތައް ބުނާނަމަ ކެތްތެރިވާށެވެ! އެއީ ތިބާއަށް ﷲ ތަޢާލާ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ. އެކަން ރަޙްމަތަކަށްވާގޮތްވެސް މިބުނެދެނީއެވެ.

މިސާލަކަށް އެފަދަ ޙާލަތުގައި ކެތްތެރިވުމަކީ ވަރަށް ގިނަ ޘަވާބު ދެއްވަވާ ކަމެކެވެ. އެކަން އެމީހާ ނުކުރިނަމަ އެކަމަށް ކެތްތެރިވުމުން ލިބޭނެ ޘަވާބުތައް ތިބާއަށް ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ ވީމާ މީހަކު އެފަދަ ކަމެއް ކޮށްފިނަމަ އަޅައިވެސް ނުލާށެވެ! އަލްޙަމްދުލިﷲ ކިޔައިލާށެވެ.

މިއަދު މިފެންނަނީ މުޅިންތަފާތު ގޮތަކަށެވެ. މީހަކު ތިބާއަކީ މޮޔައެއް ކަމަށް ބުނެފިނަމަ ފަހަތުން މިބުނަނީ އަލްޙަމްދުލިﷲ އެއް ނޫނެވެ. މިބުނަނީ، ކަލެއާއި ކަލޭގެ މަންމައާއި ބައްޕައާއި ކަލޭގެ ޢާއިލާގެ އެންމެންނަކީވެސް މޮޔައިން ކަމަށެވެ. އެއިރުން މިބުނި ފުރުޞަތު ގެއްލި އެމީހާވެސް ފާފަވެރިވީއެވެ. އޭނާ ފާފަވެރިވީ ވަރަށްވުރެވެސް ބޮޑަށެވެ.

މީސްތަކުންނޭވެ! މިކަމުގައިވެސް ސުންނަތުގައި ހިފަހައްޓާށެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ގެ އިސްތަށިފުޅުގައި ނުއަޅުވަނީ ކޮން އިލްޒާމެއް ހެއްޔެވެ؟ ނުގޮވަނީ ކޮން ނުބައި އެއްޗެއް ހެއްޔެވެ؟ އެކަންކަން ކުރި މީހުންނަށް ރައްދު ދެއްވެވި ހެއްޔެވެ؟ ނުދެއްވަވައެވެ. އެމީހުންނަށްޓަކައި ކުރެއްވެވީ ހެޔޮދުޢާއެވެ. އެއީ އެމީހުންނަށް ނުއެނގިތިބެ އަމިއްލައަށް ޙަލާކުގެ ތެރެއަށްޥެށްޓިގަންނާތީއެވެ.

އަހަރެމެންނަށްވެސް އޮތީ ހަމަ އެފަދައިން ކެތްތެރިވެ ސުންނަތަށް ޢަމަލުކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން