ސަމާލުވާންޖެހޭ ކަމެއް!: ފޯނުން ބެލޭ ކަންކަމުގެ ސަބަބުން ﷲ ތަޢާލާއާ ޙަސަދަވެރިވެވި ބޮޑު ފާފައެއްގެ ތެރެއަށް ވެއްޓިގަނެވޭ މީހުން ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަމާލުވާންޖެހޭ ކަމެއް!: ފޯނުން ބެލޭ ކަންކަމުގެ ސަބަބުން ﷲ ތަޢާލާއާ ޙަސަދަވެރިވެވި ބޮޑު ފާފައެއްގެ ތެރެއަށް ވެއްޓިގަނެވޭ މީހުން ގިނަވެއްޖެ!

ގެންގުޅޭ ފޯނުގެ ބޭނުން ހެޔޮގޮތުގަ ހިފަން ބުނެފިނަމަ ފުރަތަމަވެސް ވިސްނުމަށް އަންނާނީ އެދައްކަނީ ބަރަހަނާ ނުބެލުމުގެ ވާހަކަ ކަމަށެވެ. އެހެން އެކަން އެވަނީ އެކަން ކުރާ މީހުން ގިނަކަމުންނެވެ. އަދި އެކަން ނުކުރަން ބުނެވޭލެއްވެސް ގިނަކަމުންނެވެ.  

އަހުރެން މިފާހަގަކުރަނީ މުޅިން އެހެން ކަމެކެވެ. ފޯނުހުޅުވާލުމަށްފަހު ސޯޝަލްމީޑިއާއަށްގޮސް ގިނަ ބައަކު ހަދާ އަނެއް ގޯހުގެ ވާހަކައެވެ. އެއީ ﷲ ތަޢާލާ އެހެން މީހުންނަށް ދެއްވަވާ ނިޢުމަތްތައް ސޯޝަލް މީޑިއާއިން ބެލުމެވެ.  

އެކަންކަން ބަލައި ޙަސަދަވެރިވީމާ ޙަޤީޤަތުގައި ހަސަދަވެރި އެވެވެނީ އެނިޢުމަތް ލިބިފައިވާ މީހުންނަކަށް ނޫނެވެ. އެނިޢުމަތް އެމީހުންނަށް ދެއްވެވި ފަރާތަށެވެ. ﷲ ތަޢާލާއަށެވެ. އެހެންއެކަން ކުރެވުނީމާ ތިމާގެ ޙާލާއިމެދު ނިކަން ވިސްނާލަބަލާށެވެ!  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިބުނި ފަދަ ކަންކަން ގިނަ ބައަކަށް ނުވެސް އެނގެނީއެވެ. ވިސްނުމަށްވެސް ނުއަންނަނީއެވެ. ނުއެނގިތިބެ ހަލާކުގެ ތެރެއަށް ވެއްޓިގަނެވެނީއެވެ.  

ނަޞޭޙަތަކީ އެއްވެސް މީހަކަށް ﷲ ތަޢާލާ ދެއްވަވާ އެއްވެސް ނިޢުމަތަކަށް ޙަސަދަވެރިނުވާށެވެ! އެއިރުން އެކުރެވެނީ ކޮންފަދަ ނުބައިކަން ބޮޑުކަމެއްކަން މިބަޔާންކުރީއެވެ. އަދި މީހަކަށް ދެއްވަވާފައި ނިޢުމަތެއް އެނގިއްޖެނަމަ އެކަމަށް އުފާކޮށް ހެޔޮދުޢާކުރާށެވެ! ތިމާއަށްވެސް އެފަދަ ނިޢުމަތެއް ދެއްވެވުމަށް އެދޭށެވެ! އެއީ ޙަސަދަވެރިވުމެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން