އެމީހަކަށް ކިޔަވަން ފަސޭހަ ކޮންމެ އެއްޗެއް ބަލައިގެން ނަމަވެސް ހިތުން ނަމަވެސް ޤުރްއާން ކިޔަވާށެވެ! މުހިންމީ ކިޔެވުންމަތީގައި ދެމިހުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެމީހަކަށް ކިޔަވަން ފަސޭހަ ކޮންމެ އެއްޗެއް ބަލައިގެން ނަމަވެސް ހިތުން ނަމަވެސް ޤުރްއާން ކިޔަވާށެވެ! މުހިންމީ ކިޔެވުންމަތީގައި ދެމިހުރުމެވެ!

ތަންކޮޅެއް ކުރިންނަމަ ކީރިތި ޤުރްއާން ކިޔަވަން ލިބިފައި އޮތް ހަމައެކަނި ވަޞީލަތަކީ މުޞަޙަފެވެ. އެހެންވެ ކިޔަވަމުން އައީ މުޞްޙަފް ބަލައިގެންނެވެ. ނަމަވެސް މިއަދު މިވަނީ ޙާލަތު ބަދަލުވެފައެވެ. ގެންގުޅޭ ފޯނާއި ޓެބްއާއި އެނޫން ވަސީލަތްތަކުންވެސް ކިޔެވުމުގެ ފަސޭހަކަން މިވަނީ ލިބިފައެވެ. 

ކީރިތި ޤުރްއާން ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރެވެ. ވީމާ އެންމެ މުހިންމު ކަމަކީ ޤުރްއާން ކިޔެވުންމަތީގައި ދެމިހުރުމެވެ. ވީހާ ގިނައިން ކިޔެވުމެވެ. ކިޔަވާ ކޮންމެ އަކުރަކަށް 10 ޘަވާބު ދެއްވަވާނެއިރު ޤުރްއާން ކިޔެވުން ގިނަކުރިވަރަކަށް އެދަނީ ފުނިފުންޏަށް ޘަވާބު ލިބެމުންނެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

"ބޭނުންވަނީ ޤުރްއާން ކިޔެވުމެވެ. މުޞްޙަފް ބަލައިގެންނަމަވެސް ، ފޯން، އައިޕެޑް ފަދަ އެއްޗެއް ބަލައިގެން ނަމަވެސް އަދި ހިތުން ނަމަވެސް ކިޔެވުމުވެ. ކޮންމެ އެއްޗެއް ބަލައިގެން ކިޔެވިނަމަވެސް، ހިތުން ކިޔެވިނަމަވެސް ފަރުވާ ބަހައްޓައިގެން އިޚްލާޞްތެރިކަމާއިއެކު ކިޔެވި މިންވަރެއްގެ ޘަވާބު އެމީހަކަށް ދެއްވަވާނެތެވެ." އިން ޝާ ﷲ 

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ޘަވާބު ދެއްވަވާނީ މުޞްޙަފްބަލައިގެން ކިޔެވުމުން އެކަނި ކަމަށެވެ. އެހެންކަމުން ޑރ. އިޔާޟް ބަޔާންކޮށްދެއްވަވާފައި އެވަނީ ޘަވާބް ދެއްވަވާނީ ހަމައެކަނި މުޞްޙަފް ބަލައިގެން ކިޔެވުމުން ނޫންކަމެވެ. އެމީހަކަށް ފަސޭހަ ގޮތަކަށް ކިޔެވުމުން ޘަވާބު ދެއްވަވާނެ ކަމެވެ. 

އަބަދު މުޞްޙަފް ހިފައިގެނެއް ނުއުޅެވޭނެއެވެ. ނަމަވެސް ވަރަށް ގިނަ ވަޤުތުތަކުގައި ފޯނު އަތުގައި އޮވެއެވެ. ވަޤުތުވީވަރަކުން ބަލައިގެން ކިޔަވާށެވެ! ފޯނުން ބަލައިގެން ކިޔަާނެ ވަޤުތު ނެތްނަމަ ހިތުން އެނގޭ މިންވަރުންވެސް ކިޔަވާށެވެ. ކިޔަވާ ކޮންމެ އަކުރަކަށްވެސް 10 ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ 

ގުޅުންހުރި ވީޑިއޯ: 

 

މިއަދު އޮންލައިން