އެންމެ ކާމިޔާބު ލޯ!: ނަރަކަ ނުވެސް ދެކޭނެ 3 ލޮލެއްވާކަން އެނގޭތަ؟ އެފަދަ ލޮލެއްގެ ވެރިއަކަށް ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
އެންމެ ކާމިޔާބު ލޯ!: ނަރަކަ ނުވެސް ދެކޭނެ 3 ލޮލެއްވާކަން އެނގޭތަ؟ އެފަދަ ލޮލެއްގެ ވެރިއަކަށް ބޭނުންތަ؟

ތިމާއަކީ ނަރަކަ ނުވެސް ފެންނާނެ މީހަކަށްވުމުގެ ފުރުޞަތު ކޮންމެ މުސްލިމަކަށްވެސް އެބައޮތެވެ. އަޑުއަހަމުން ގެންދާށެވެ! ޙަދީޘްފުޅު ފަހުން ކިޔައިދޭނަމެވެ. އިން ޝާ ﷲ

 

އަހަރެމެން ބުނަނީ ނަރަކަ ދެކެންވެސް ބޭނުންނުވާކަމަށެވެ! ސުވާލަކީ ނަރަކަ ނުވެސް ފެންނާނެ މީހަކަށްވާން ތިބާކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނަރަކަ ނުވެސް ފެންނާނެ 3 ލޮލެއް، ނުވަތަ 3 ބައިމީހުންވާނެކަން ޞަޙީޙް ޙަދީޘުން އެނގެން އެބައޮތެވެ!

އެއިގެ ތެރެއިން ފުރަތަމަ ލޮލަކީ ﷲ ތަޢާލާއަށްޓަކައި ކަމަކަށް ފާރަވެރިވެ ހޭލައި ހުރި ލޮލެވެ! ދެވަނަ ލޮލަކީ ﷲ ތައާލާއަށް ބިރުވެތިވެ ކަރުނަ އެޅި ލޮލެވެ! 3 ވަނަ ލޮލަކީ ﷲ ތައާލާ ރުހިވޮޑިނުގަންނަވާނެ ކަމެއް ފެނުމުން ބެލުންތިރިކުރާ ލޮލެވެ!

މިޒަމާނުގައި ﷲ ތަޢާލާއަށްޓަކައި ފާރަވެރި ހޭލައި ހުރުމަކީ މަދުން ލިބޭނެ ފުރުޞަތެކެވެ. އެހެނީ ފާރައަށް މީހުން ބެއިތިއްބުން ވެފައިވަނީ ދައުލަތްތަކުން ކުރުވާކަމަކަށެވެ. މުވައްޒިފުން ލައްވައި ނުވަތަ ސިފައިންނާއި ފުލުހުން ލައްވައި ކުރުވާ ކަމަކަށެވެ! އެހެންކަމާއިއެކުވެސް އެކަމަށް އެދިގެން މަސައްކަތްކުރާ މީހަކަށް އެކަމަށްވެސް ފުރުޞަތު ހޯދިދާނެއެވެ!

 

ދެވަނައަށް އެވަނީ ﷲ ތަޢާލާ އާއިމެދު ވިސްނައި ބިރުވެތިވެ ލޮލުން ކަރުނަ އަޅާމީހާގެ ވާހަކައެވެ. އަދި 3 ވަނައިގައި އެވަނީ މަގުމަތިން ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަންކަން ފެންނަހިނދު ﷲ ތަޢާލާއަށް ބިރުވެތިވެ ބެލުންތައް ތިރިކުރާ މީހާއެވެ. މިގޮތުން ފޭރާންލީ ނަމަވެސް ބަރަހަނާއަށް ތިބޭ މީހުން ފެނުމުންނާއި ފާހިޝްއަމަލުތައް ކުރުން ފަދަ ކަންކަން ކުރަނިކޮށް ފެނުމުން ﷲ ތަޢާލާއަށް ބިރުވެތިވެ ބެލުން ތިރިކުރުން ހިމެނެއެވެ. ވީމާ އެފަދަ މަންޒަރެއް ފެނިއްޖެ ނަމަ އަވަހަށް ބެލުންތައް ތިރިކޮށް ތިމާގެ ނަފްސް ނަރަކައިން ސަލާމަތްކުރާށެވެ!

މީގެ އިތުރުން އެފަދަ ފޮޓޯތަކާއި ވީޑިއޯ ފަދަ ތަކެތި ނުބެލުންވެސް ހިމެނެއެވެ. އެފަދަ އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުންވެސް ހިމެނެއެވެ. އެއިގެ ތެރޭގައި ޓީވީން ނުބެލުން ވެސް ހިމެނެއެވެ! ހިތާމައަކީ މިފަދަ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދީ ގެތަކުގައި ތިބެގެން ހުއްދަ ނޫން ކަންކަން ޓީވީތަކުންވެސް ބެލެމުން ގެންދެވޭ ކަމެވެ!

Mu’awiyah ibn Haydah reported: The Messenger of Allah, peace and blessings be upon him, said,

“Three eyes will not see the Hellfire: an eye standing guard in the way of Allah, an eye weeping from fear of Allah, and an eye lowering its gaze from what Allah has forbidden.”

Source: al-Mu’jam al-Kabīr 16375

ނަރަކައިން މީހާ ސަލާމަތްވުމަށް ކިހައި ފަސޭހަމަގެއްތޯއެވެ؟ ޙަދީޘްފުޅުން އެނގިގެންދަނީ މިފަދަ މީހަކަށް ވެވިއްޖެ ނަމަ އެމީހަކަށް ނަރަކަ ނުވެސް ފެންނާނެ ކަމެވެ. ވީމާ ނަރަކައަށް ވަންނަން ޖެހުމުގެ ފުރުޞަތު އެމީހަކަށް އެވަނީ ގެއްލިފައެވެ. ނަރަކައިން ސަލާމަތްވެވިފައެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން:

މިއަދު އޮންލައިން