މީހެއްގެ ސިއްރެއް އެނގުމުން އެކަން ސިއްރުކޮށް ވަންހަނާކޮށްދިނުމުން ލިބެން އޮތް ދަރަޖަ ހާދަ މަތިވެރިއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މީހެއްގެ ސިއްރެއް އެނގުމުން އެކަން ސިއްރުކޮށް ވަންހަނާކޮށްދިނުމުން ލިބެން އޮތް ދަރަޖަ ހާދަ މަތިވެރިއެވެ!

ޞަޙީޙް ޙަދީޘްފުޅެއްގެ މާނައިގައި ވަނީ "މީހެއްގެ ސިއްރެއް އެނގުމުން އެކަން ސިއްރުކޮށް ވަންހަނާކޮށްދިނުމަކީ ދިރިހުއްޓައި އަންހެން ކުއްޖަކު ވަޅުލަނިކޮށް ފެނުމުން އެކުއްޖާ އެކަމުން ސަލާމަތްކުރުން" ފަދަ ކަމެއްގެ ގޮތުގައެވެ. 

މިހުރީ މީސްތަކުންގެ ސިއްރުތައް ބޭޒާރުކޮށް ހާމަނުކުރަން އިސްލާމް ދީނުގައި ބާރުއަޅުއްވަވާފައިވާ މިންވަރެވެ. މިޙަދީޘްފުޅުގައި ދިރިހުއްޓާ އަންހެން ކުއްޖަކު ސަލާމަތްކުރުމުގެ ވާހަކަ ބަޔާންކުރައްވަވާފައި އެވަނީ އެޒަމާނުގައި ހިންގަމުން އައި އެންމެ އަނިޔާވެރި ޢަމަލަކީ އެއީ ކަމަށްވުމުންކަމަށް ބެލެވެއެވެ. ވީމާ މީހެއްގެ ސިއްރު ބޭޒާރުނުކުރުމަށް އެވަނީ އެންމެ މަތީ ދަރަޖަ ދެއްވަވައިފައެވެ. 

މިއަދު ކަންކަން މިވަނީ ކިހިނަކުން ހެއްޔެވެ؟ މީހެއްގެ ކިތަންމެ ބޮޑު ކަމެއް ފެނުނަސް ކިތަންމެ ކުޑަކަމެއް ފެނުނަސް އެކަން އެހެން މީހަކަށް ފެނިއްޖެކަން މިއެނގެނީވެސް ސޯޝަލްމީޑިއާއިންނެވެ. މީހުންގެ ޒާތީ ކަންކަމާއި ބެހި އެފަދަ ކަންކަން ކުރާއިރު މިކުރެވެނީ ކިހައިވަރެއްގެ ނުބައިކަމެއް ކަމާއިމެދު ވިސްނާނުލާތަނުގައި އެކަން ބޭޒާރުނުކުރުމުން ތިމާއަށް ލިބެން އޮތް ގިނަގުނަ ޘަވާބާއިމެދުގައިވެސް ވިސްނައެއް ނުލައެވެ. 

ތަކުރާރުކޮށްވެސް ބުނެލަން އޮތީ ތިމާއަށް މިހައި ގިނަ ޘަވާބުލިބެން ހުންނަ ކަންކަން ނުކޮށް ދޫކޮށްނުލާށެވެ. އަދި މިފަދަ ނުބައިކަންބޮޑު ކަންކަންކޮށް ފާފަވެރިނުވާށެވެ! އާޚިރަތަށް ބިރުވެތިވުމަކީ އެއީއެވެ. 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން