ފިރިންނަށް ގޯސްކޮށް ކުރެވޭ ކަންކަން ފާހަގަކޮށްދީ އިޞްލާޙްކުރަން ނަޞޭޙަތްދިނުމަކީ އަނބިމީހާ ފިރިމީހާގެ މައްޗަށް އެރުމެއް ނޫން! އެއީ އަނބިމީހާ ކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ފިރިންނަށް ގޯސްކޮށް ކުރެވޭ ކަންކަން ފާހަގަކޮށްދީ އިޞްލާޙްކުރަން ނަޞޭޙަތްދިނުމަކީ އަނބިމީހާ ފިރިމީހާގެ މައްޗަށް އެރުމެއް ނޫން! އެއީ އަނބިމީހާ ކުރަންޖެހޭ ކަމެއް!

ކައިވެނިކުރުމަށްފަހު ބައިވެރިޔާއަށް ގޯސްކޮށް ކަމެއް ކުރެވޭނަމަ އެކަން ފާހަގަކޮށްދީ އިޞްލާޙްކުރަން ބުނާނަމަ އެކަން ބަލައިގަންނަންވާނެއެވެ. އެކަމުން އަންގައިދެނީ ބައިވެރިޔާ ތިމާދެކެ ލޯބިވާ ކަމެވެ. ކުރެވޭ ކުށްތައް އިޞްލާޙްކޮށް އެކުގައި އުޅެން ބޭނުންވާ ކަމެވެ. ވީމާ އޮތީ ރުޅިއައުމެއް ނޫނެވެ. އުފާކުރުމެވެ. ޝުކުރުވެރިވުމެވެ.  

އެކަން ނުވިސްނޭ ފިރިން ދެކާގޮތުގައި އެމީހުން ދާ ތަންތަން އޮޅުންފިލުވަން ސުވާލުކުރުމާއި އެއްވެސް ފައިދާއެއް ނުކޮށް ގެއްލުންވާނެ ތަންތަނަށް ނުދިއުމަށް، އަދި ނުބައި އެކުވެރިންނާއިއެކު ވަޤުތު ހޭދަނުކުރަން ބުނުމަކީ އަނބިންނަށް ކުރެވޭ ކުށެކެވެ.  އަދިހަމައެހެންމެ ކަންކަން ރަނގަޅު ކުރަން ބުނެ ހެޔޮ ނަބޭޙަތްދިނުމަކީ އަނބިމީހާ ފިރިމީހާއަށްވުރެ މަތީގައި ހުރުމެވެ. އަދި މިގޮތަށް ކަންތައް ކުރުމުން އަންނަނީ ރުޅިއެވެ. "ތިމަންނާ އުޅޭގޮތެއް ބަލާކަށް ނުޖެހެޔޭ، އަނބިމީހާގެ މަޤާމު އޮޅެނިއްޔޭ،" ވެސް ބުނެއެވެ.  

އަނބިމީހާއަކީ ފިރިމީހާގެ ކިޔަމަނުގައި އިންނަން ޖެހޭ މީހަކަށްވާއިރު މިފަދަ ކަންތަކުގައި އަނބިމީހާ ދެކެ ފިރިމީހާ ރުޅި އަތުވެއްޖެ ނަމަ އަނބިމީހާ އެކަމުން ފާފަވެރިވާނެތޯ؟ އަނބިމީހާއަށް އެކުރެވެނީ ކުށެއްތޯ؟

ހެޔޮލަފާ އަނބިން މިފަދަ ސުވާލުތައް ކުރެއެވެ.  

ޖަވާބަކީ "ދެމަފިރިންކުރެ ކޮންމެމީހަކީވެސް އަނެކާގެ މޫނު ބަލާ ލޯގަނޑެވެ. އަނެކާއަށް ގޯސްކޮށް ކުރެވޭ ކަންކަން ފާހަގަކޮށްދޭންވާނެއެވެ. ގޯސްކޮށް ކަމެއްކުރެވޭނަމަ އެކަން ރަނގަޅުކުރަން ބާރުއަޅަންވާނެއެވެ. ވީމާ ފިރިމީހާ ގޯސް މަގަކުން ދާނަމަ އެކަން ރަނގަޅު ކޮށް ދިނުމަކީ އަނބިމީހާ ކުރަންޖެހޭ ކަމެކެވެ. ވީމާ އެއީ އޭނާގެ މަޤާމު އޮޅުމެއްނޫނެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން