ސުވަރުގެއިން ލިބޭނެ އެންމެ މަތިވެރި ނިޢުމަތް އެނގޭތަ؟ ބޭނުންތަ؟: އެނިޢުމަތުގެ މަތިވެރިކަން ބޮޑުކަމުން ސުވަރުގޭގައި އޭނާއަށް ލިބިފައިވާ އެހެން ހުރިހާ ނިޢުމަތްތަކުގެ މަތީން ހަނދާން ނެތިގެންދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ސުވަރުގެއިން ލިބޭނެ އެންމެ މަތިވެރި ނިޢުމަތް އެނގޭތަ؟ ބޭނުންތަ؟: އެނިޢުމަތުގެ މަތިވެރިކަން ބޮޑުކަމުން ސުވަރުގޭގައި އޭނާއަށް ލިބިފައިވާ އެހެން ހުރިހާ ނިޢުމަތްތަކުގެ މަތީން ހަނދާން ނެތިގެންދާނެ!

ސުވަރުގެއިން ލިބޭނެ ނިޢުމަތްތަކަށް ވިސްނަންވީ ސުވަރުގެ ހޯދަން މަސައްކަތްކުރަމުންނެވެ. އެކަމަށް މަސައްކަތްނުކޮށްހުރެ ސުވަރުގެއިން ދެއްވަވާނެ ނިޢުމަތްތަކާއިމެދު ކިތަންމެ ވަރަކަށް ވިސްނިނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތަތީއެވެ. 

މީހަކަށް ސުވަރުގެ ލިބުމަކީ މީހަކަށް ލިބޭނެ އެންމެ މަތިވެރި ނިޢްމަތެވެ. ސުވަރުގެ އިން ލިބިގެންދާ ކޮންމެ ނިޢްމަތަކީވެސް އެހައިމެ މަތިވެރި ނިޢްމަތެވެ. އެހެންކަމާއިއެކުވެސް އެންމެ މަތިވެރި ނިޢްމަތަކީ ކޮބައިކަން އެނގޭހެއްޔެވެ؟ 

"ސުވަރުގޭގެ އަހުލުވެރީންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފެނުމުގެ ނިޢުމަތެވެ. އެ ނިޢުމަތް ލިބޭ ހިނދު އެ ނިޢުމަތުގެ މަތިވެރިކަމުގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ލިބިފައިވާ އެހެން ހުރިހާ ނިޢުމަތްތަކުގެ މަތީން ހަނދާން ނެތިގެން ދާނެއެވެ." 

ޔޫނުސް ސޫރަތުގެ 26 ވަނަ އާޔަތުގައިވެއެވެ. " ހެޔޮ ޢަމަލުކުޅަ މީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ ﷲ ގެ ދީދާރުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ އަހުލު ވެރިންނެވެ. އެެއުރެން އެތާނގައި ދެމިތިބޭ ހުށްޓެވެ." 

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ އެމީހެއްގެ ލޮލަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފެނުމެވެ. އެ ނިޢްމަތް ޙާޞިލުކުރެވެން އޮތީ ސުވަރުގެ ވަދެވުމުންނެވެ. ސުވަރުގެ ވެއްދެވުމަށްފަހު ﷲ ތައާލާ، އެކަލާނގެ ދީދާރުފުޅު ދައްކަވާނެތެވެ! 

"އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ (.) އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ." (އަލްޤިޔާމަ: 22،23) 

ކާފިރުންނަށް ﷲ ތަޢާލާ ފެނުމެއް ނެތެވެ! 

" ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ." (އަލްމުޠައްފިފީން: 15) 

ގަދައަޅައި މަސައްކަތްކުރަންވީ ސުވަރުގެ ވަދެވި ﷲ ތައާލާގެ ދީދާރުފުޅު ފެންނަ އަޅަކު ކަމުގައި ވުމަށެވެ. ޙަޤީޤީ ކާމިޔާބުލިބުމަކީ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން