ސިފަރީތި މީހުން މިކަންކަމަށް ސަމާލުކަން ނުދީފިނަމަ އުފާވެރި ދިރިއުޅުމެއް ލިބުން ވަރަށް ދުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ސިފަރީތި މީހުން މިކަންކަމަށް ސަމާލުކަން ނުދީފިނަމަ އުފާވެރި ދިރިއުޅުމެއް ލިބުން ވަރަށް ދުރުވާނެ!

އިންސާނުންގެ ތެރޭގައި އެންމެންވެސް ތިބެނީ ސިފަތަފާތުކޮށެވެ. އެހެން މިބުނީ ސިފަމުޅިން އެއްގޮތް ދެމީހުން ވަރަށް މަދުވީމައެވެ. ކިތަންމެ އެއްގޮތްކަމަށް ހީވިނަމަވެސް ރަނގަޅަށް ބަލައިފިނަމަ ތަފާތު ފެންނާނެއެވެ. 

ސިފަހުތުރު މީހަކަށްވާން ހަމައެކަކުވެސް ބޭނުމެއް ނުވާނެއެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހާ ރީތި މީހަކަށްވާށެވެ. ގިނަ ބައަކު ރީތިވުމަށް އެހާބޮޑު ހޭދައެއް އެކުރަނީ އެހެންވެގެންނެވެ. ޙަޤީޤަތަށް ބަލައިފިނަމަ ސިފަރީތިވުމުން ކުރާ ފައިދާއަށްވުރެ ލިބޭ ގެއްލުން މާބޮޑެވެ. އެކަމުގެ އެންމެ ޢާންމު ސަބަބުވެސް ބުނެލާނަމެވެ. 

މިޘާލަކަށް މީހުންގެ ސަމާލުކަން ލިބޭވަރަށް ސިފަރީތިނަމަ އެމީހެއްގެ އެކުވެރިން ވަރަށް ގިނަވާނެއެވެ. އެކުވެރިން ގިނަވާވަރަކަށް ނުރަނގަޅު މީހުންވެސް ގިނަވާނެއެވެ. މަޅީގައި ޖައްސުވަން ކުޅަދާނަ މީހުންވެސް ގިނަވާނެއެވެ. އެކަމުގެ ނަތީޖާއަކަށްވަނީ އެމީހުންގެ މަޅީގައި ޖެހި ނުބައި މަގުން އުޅެވުމެވެ. 

ދެން މިއަންނަނީ ޒަވާޖީ ޙަޔާތުގެ ދުވަސްތަކެވެ. ޒަވާޖީޙަޔާތަކަށް ފެށިނަމަވެސް ކުރިން މިބުނި ފަދައިން ގިނަބައެއްގެ މަޅީގައި ޖެހެވިފައި ތިބޭ މީހުންނަށް ބައިވެރިޔާ އެހައި މުހިންމެއް ނުވާނެއެވެ. ބައިވެރިއަކު ބޭނުންވާނީ ހަމައެކަނި ނަމަކަށެވެ. ނުވަތަ ދުނިޔަވީ ބޭނުންތައް ފުއްދުމަށެވެ. 

ކައިވެނިކުރުމަށްފަހު ދުވަސްކޮޅެއްވާއިރަށް ސިފަރީތި ބައިވެރިޔާގެމަތިން ފޫހިވާން ފެށޭ ސަބަބަކީވެސް އެއީއެވެ. ދެން ހަމަ ކުޑަދުވަސްކޮޅެއްވާއިރަށް ކިތަންމެ ސިފަރީތި ނަމަވެސް ބައިވެރިޔާއާއިއެކު ތިމާއަށް ހިތްހަމަޖެހިގެން އުފަލުގައި ނުއުޅެވޭނެކަން ޤަބޫލުކުރެވޭނެއެވެ. އެހިސާބުން ކައިވެނި ރޫޅިގެންދާނެއެވެ. 

ސިފަރީތިނަމަ ކައިވެނި ރޫޅުމަކުން އޭނާ ކަންބޮޑެއް ނުވާނެއެވެ. އެއީ އޭނާގެ ފަހަތުން ގިނަބައަކު އަންނާނެކަން އެނގޭތީއެވެ. ނުވިސްނޭނެ ކަމަކީ އެމީހުން ތިމާގެ ބޭނުންހިފާނީ ކުނިގަނޑެއްފަދައިންކަމެވެ. އެކަމުން ތިމާއަށް ކުރާނެ ޙަޤީޤީ ފައިޑާއެއް ނެތްކަމެވެ. 

ސިފަރީތި މީހުންގެ ތެރެއިން މިޙާލަތުން ސަލާމަތްވެވެނީ މިކަންކަމަށް ކުރިއާލައި ސަމާލުކަންދޭ މީހުންނެވެ. ޢިއްފަތްތެރިއެއްގެ ގޮތުގައި ހުންނަ މީހެކެވެ. ވީމާ މިބުނެދިން ކަންކަމަށް ފުންކޮށްވިސްނައިގެން އުޅެން މަސައްކަތްކުރާށެވެ.

 

- މަޝްހޫރު ސައިކޮލޮޖިސްޓަކު ބުނެފައިވާ ބަސްކޮޅެއް

މިއަދު އޮންލައިން